ކުރިޔަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ވާދަ ކުރުމަށް ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ ޓިކެޓު ދޭނެ ބަޔަކު ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީގެ ވޯޓުލުން ފެށިއްޖެ އެވެ.
އެ ޕާޓީގެ ޕްރައިމަރީ ވޯޓުލުން ކުރިޔަށް ދާނީ މިއަދު މެންދުރު2:30 ން ފެށިގެން ރޭގަނޑު7:30 އަށެވެ. އަތޮޅުތެރެ ހިމެނޭގޮތަށް ރާއްޖޭގެ 93 ރަށެއްގައި ވޯޓުލުން ކުރިޔަށް އެބަދެ އެވެ. ވޯޓުލުން ކުރިޔަށް ނުދަނީ ކެންޑިޑޭޓުންގެ އަދަދު ފަހަކަށްވުރެ އިތުރު ނުވާ ރަށްރަށާއި އެއްވެސް ކެނޑިޑޭޓަކު ކުރިމަތި ނުލާ ދެ ރަށެއްގައި އެވެ.
ޕާޓީގެ ޓިކެޓު ހޯދުމަށް ކުރިމަތިލި389 މީހަކަށް ވަނީ ޕްރައިމަރީ އަކާއި ނުލައި ޓިކެޓު ލިބިފަ އެވެ.
މާލޭގައި ވޯޓުލުން ކުރިއަށް ދަނީ ދަރުބާރުގެ އާއި އެމްޑީޕީގެ ހަރުގޭގެ އިތުރުން ބައެއް ސްކޫލުތަކުގަ އެވެ. ރަށްރަށުގައި އެ ޕާޓީގެ ހަރުގެތަކާއި ސްކޫލްތަކުގަ އެވެ.
އެމްޑީޕީން ބުނީ މި އިންތިހާބުގައި80،000 އަށްވުރެ ގިނަ މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް