ޗައިނާއިން ފްލައިޓް އަންނަނީ ފަތުރުވެރިން ބަލާ، ގޮވައިގެނެއްނޫން: މިނިސްޓްރީ

ޗައިނާއިން ރާއްޖެއަށް ދަތުރުކުރާ ޑައިރެކްޓް ފްލައިޓްތައް މިހާރު ހުއްޓާލާފައިވީނަމަވެސް ބައެއް ފްލައިޓްތައް ހުސްކޮށް ޗައިނާއިން އަންނަނީ ފަތުރުވެރިން ބަލާ ކަމުގައި ޓުއަރިޒަމް މިނިސްޓްރީން ބުނެފިއެވެ. އ...

31 Jan 2020 | 08:04

ޗައިނާއިން ރާއްޖެއަށް ދަތުރުކުރާ ޑައިރެކްޓް ފްލައިޓްތައް މިހާރު ހުއްޓާލާފައިވީނަމަވެސް ބައެއް ފްލައިޓްތައް ހުސްކޮށް ޗައިނާއިން އަންނަނީ ފަތުރުވެރިން ބަލާ ކަމުގައި ޓުއަރިޒަމް މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން ބުނެފައިވަނީ އެ ފްލައިޓްތަކުގައި އެއްވެސް ޕަސިންޖަރަކު ނާންނާނެ ކަމަށެވެ.

ޗައިނާއިން ފެނި މިހާރު މުޅި ދުނިޔޭގައި ފެތުރެމުން އަންނަ ކޮރޯނާ ވައިރަސް ކޮންޓްރޯލު ކުރުމަށް ރާއްޖެއިން އެޅި އެއް ފިޔަވަޅަކީ ޗައިނާއިން ރާއްޖެއަށް ކުރާ ޑައިރެކްޓް ދަތުރުތައް ހުއްޓުމަކަށް ގެނައުމެވެ. ނަމަވެސް ޓްރާންސިޓް ފްލައިޓް ހުއްޓުމަކަށް ގެނެސްފައެއް ނުވެއެވެ. އަދި ހުސް ފްލައިޓް އައުންވެސް ހުއްޓުމަކަށް ގެނެސްފައެއް ނުވެއެވެ.

ޑިސެމްބަރު 31ގައި ފެނި 7 ޖަނަވަރީގައި ކޮރޯނާ ވައިރަސްކަން ކަށަވަރު ކުރެވި ފެތުރެމުން އަންނަ މި ވައިރަހުގައި މިހާތަނަށް 213 މީހަކު މަރުވެ ގާތްގަނޑަކަށް 10 ހާހެއްހާ މީހުން މި ވައިރަހަށް މިވަނީ ޕޮޒިޓިވް ވެފައެވެ. ވައިރަހަށް ޝައްކު ކުރެވޭ މީހަކު ރާއްޖެއިންވެސް މިވަނީ ފެނިފައެވެ. ނަމަވެސް ޓެސްޓްގެ ނަތީޖާ އަދި ނުލިބޭތީ ރާއްޖެއިން ފެނުނީ ކޮރޯނާ ވައިރަސްކަން ކަށަވަރުވެފައެއް ނުވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް