ޗައިނާއިން ފެނި މިހާރު ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފެތުރެމުން އަންނަ ނޮވެލް ކޮރޯނާ ވައިރަހަކީ "ގްލޯބަލް އެމަޖަންސީ" އެއް ކަމުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ "ޑަބްލިއުއެޗްއޯ" އިން ކަނޑައަޅައިފިއެވެ. މިގޮތަށް ކަނޑައަޅާފައިމިވަނީ ރޭގައި ބޭއްވި ކުއްލި ބައްދަލުވުމަށް ފަހުގައެވެ.
މިއީ މުޅި ދުނިޔެއަސް އެމަޖެންސީއެއް ކަމުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ކަނޑައަޅާފައިވާއިރު މި ވައިރަހުގައި ޗައިނާއިން މަރުވި މީހުންގެ އަދަދު މިވަނީ 213 އަށް އަރާފައެވެ. ވައިރަހަށް ޕޮޒިޓިވް ވެފައިވާ މީހުންގެ އަދަދު ވަނީ 9692 އަށް އަރާފައެވެ. އަދި އޮބަޒަވޭޝަންގައި ތިބި މީހުންގެ އަދަދު ވަނީ ލައްކައިން މައްޗަށް ގޮސްފައެވެ.
ރާއްޖެއިންވެސް މި ވައިރަހަށް ޝައްކު ކުރެވޭ މީހަކު ފެނި ކަރަންޓީނު ކޮށްފައިވާއިރު ސާމްޕަލް ވަނީ ޓެސްޓް ކުރަން ފޮނުވާފައެވެ. އޭނާ ކަރަންޓީނުކޮށްފައިވަނީ އެސްޓީއޯއިން ތެޔޮ ރައްކާކުރާ، މާލެ ކައިރީގައި އޮންނަ ފުނަދޫގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް