ޗައިނާއިން ފެނި މިހާރު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފެތުރެމުން އަންނަ ކޮރޯނާ ވައިރަހުގައި މަރުވި މީހުންގެ އަދަދު 213 އަށް އަރައިފިއެވެ. މިއީ އިއްޔެ އާއި އަޅާ ބަލާއިރު 42ގެ އިތުރުވުމެކެވެ.
މަރުވި މީހުންގެ އަދަދު 213 އަށް އަރާފައިވާއިރު ވައިރަހަށް ޕޮޒިޓިވް ވެފައިވާ މީހުންގެ އަދަދުވެސް މިވަނީ ބޮޑުތަނުން އިތުރުވެފައެވެ. މިހާރު މި އަދަދު 9692 އަށް އަރާފައިވާއިރު މިއީ އިއްޔެއާއި އަޅާ ބަލާއިރު 1992ގެ އިތުރުވުމެކެވެ.
އެއީ ހަމަ އެކަނި ޗައިނާގެ ތަފާސްހިސާބުކަމުގައިވާއިރު ދުނިޔޭގެ ގިނަ ގައުމުތަކަކުންވެސް މި ވައިރަސް މިހާރު ވަނީ ފެނިފައެވެ. އެ ގައުމުތަކަކަކީ ތައިލެންޑް، ހޮންގކޮންގ، ޖަޕާން، ސިންގަޕޫރު، އޮސްޓްރޭލިއާ، ތައިވާން، މެލޭޝިޔާ، މަކާއު، ދެކުނު ކޮރެއާ، އެމެރިކާ ފްރާންސް، ޖަރުމަނު ވިލާތް، އެކުވެރި އަރަބި އިމާރާތް، ކެނެޑާ، އިޓަލީ، ވިއެޓްނާމް، ކެމްބޯޑިއާ، ފިންލޭންޑް، އިންޑިއާ، ނޭޕާލް، ފިލިޕިންސް އަދި ސްރީ ލަންކާ ހިމެނެއެވެ.
މި ވައިރަހަށް ޝައްކު ކުރެވޭ އުމުރުން 20 އަހަރުގެ ދިވެއްސަކު މިހާރު ފެނިފައިވާއިރު އޭނާ މިހާރު ވަނީ ކަރަންޓީނު ކޮށްފައެވެ. ސާމްޕަލް ޓެސްޓް ކުރުމުގެ މަސައްކަތް ސަރުކާރުން އަންނަނީ ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް