ނަފްސާނީ ބަލިތަކަށް ފަރުވާދޭ އަމިއްލަ ހޮސްޕިޓަލްތަކާއި ކްލިނިކްތަކަށް އާސަންދައިގެ ހިދުމަތްދޭން ނިންމައިފި އެވެ.
އާސަން ކުންފުނިން ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ މާދަމާއިން ފެށިގެން ނަފްސާނީ ބަލީގެ ބައެއް ފަރުވާތަކަށް އަމިއްލަ ސިއްހީ ހިދުމަތްދޭ ތަންތަނުން އާސަންދަ ލިބޭނެ ކަމަށެވެ. އާސަންދަ ދިނުމަށް ހަމަޖެހިފައިވަނީ ސައިކޮލަޖިސްޓް ކޮންސަލްޓޭޝަން، ސައިކޮލޮޖިކަލް އެސެސްމެންޓު އަދި ސައިކޮލޮޖިކަލް ތެރަޕީ އަށެވެ.
މި ހިދުމަތްތަކަށް އަހަރަކު ލިބޭނީ އާސަންދައިން5،000 ރުފިޔާ އެވެ.
އާސަންދައިން ބުނީ ނަފްސާނީ ބަލިތަކަށް އަމިއްލަތަންތަނުން ފަރުވާ ހޯދާއިރު އާސަންދަ ހަމަޖެއްސުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދުފުޅެއް ކަމަށެވެ. އަދި އެމަނިކުފާނުގެ ވައުދާ އެއްގޮތަށް މިދިޔަ އަހަރުު އައިޖީއެމްއެޗުގައި މެންޓަލް ހެލްތް ކްލިނިކެއް ހުޅުވާފައިވާ ކަމަށްވެސް އާސަންދައިން ބުނެފަ ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް