މަސްވެރިކަމާއި ގުޅުން ހުރި ވިޔަފާރި ފަށަން ދަސްކޮށްދޭ ޕްރޮގްރާމްތަކެއް ފަށައިފި

"އަގު އެއްކުރި މަހުގެ ބާވަތްތައް ތައްޔާރު ކުރުމުގެ ޕްރޮގްރާމް" ގެ ނަމުގައި ރ. ހުޅުދުއްފާރުގައި ޕްރޮގްރާމެއް ފަށަައިފި އެވެ. ފިޝަރީޒް މިނިސްޓްރީން ކުރިޔަށް ގެންދާ މި ޕްރޮގްރާމަކީ އެ މިނިސްޓްރީން މިއަހަ...

31 Jan 2020 | 02:03

"އަގު އެއްކުރި މަހުގެ ބާވަތްތައް ތައްޔާރު ކުރުމުގެ ޕްރޮގްރާމް" ގެ ނަމުގައި ރ. ހުޅުދުއްފާރުގައި ޕްރޮގްރާމެއް ފަށަައިފި އެވެ.

ފިޝަރީޒް މިނިސްޓްރީން ކުރިޔަށް ގެންދާ މި ޕްރޮގްރާމަކީ އެ މިނިސްޓްރީން މިއަހަރު އަތޮޅު ތެރޭގައި ކުރިޔަށް ގެންދަން ނިންމާފައިވާ މަސްވެރިކަމާއި ގުޅޭ ތަމްރީން ޕްްރޮގްރާމްގެ ދަށުން ކުރިޔަށް ގެންދާ ބައްދަލުވުމެކެވެ.

އެ މިނިސްޓްރީން ބުނީ ބައްދަލުވުމުގެ ބައިވެރިންނަށް އަގު އެއްކުރި މަހުގެ ބާވަތްތައް ތައްޔާރު ކުރުމާއި ގުޅޭ މަސައްކަތް އަމަލީގޮތުން ކުރުމާއި މައުލޫމާތު ދިނުން ކުރިޔަށް ގެންދާނެ އެވެ. އެގޮތުން މަސްވެރިކަމުގެ ކުޑަ ވިޔަފާރިއެއް ހިންގާނެ ގޮތާއި ހިންގުމުގައި ދިމާވާ ގޮންޖެހުންތަކާއި ވިޔަފާރީގެ ލިޔެކިޔުމާއި ހިސާބު ބަލަހައްޓާނެ ގޮތް ބުނެދޭނެ އެވެ.

މީގެ އިތުރުން ވިޔަފާރި އުސޫލުން މިފަދަ މަސައްކަތެއް ކުރާނެ ގޮތާއި ދިމާވެދާނެ ގޮންޖެހުންތަކާއި ބެހޭ ގޮތުން މައުލޫމާތުދޭނެ އެވެ. ބައްދަލުވުމުގައި މައުލޫމާތު ދެއްވަނީ ފިޝަރީޒް މިނިސްޓްރީގެ ކަމާ ގުޅުން ހުރި ފަންނީ ދެ މާހިރުންނެވެ.

މި ބައްދަލުވުމުގައި 28މީހަކު ބައިވެރިވި އެވެ. އެއީ 17 އަންހެނަކާއި11 ފިރިހެނުންނެވެ.

މި ބައްދަލުވުން ކުރިޔަށް ގެންދަނީ އިއްޔެއިން ފެށިގެން ފެބްރުއަރީ ތިން ވަނަ ދުވަހުގެ ނިޔަލަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް