އުލިގަމުގައި ޔޮޓް ބަނދަރު ކުރުން މަދުވާތީ ކަމާބެހޭ ފަރާތްތަކުން މަޝްވަރާކޮށްފި

ހއ. އުލިގަމު ބަދަރަށް ބޭރުގެ ޔޮޓް ފަހަރު މަޑު ކުރުން މަދުވެފައިވާތީ ކަމާ ގުޅޭ އިދާރާތަކުގެ ބޭފުޅުންގެ މެދުގައި އެއްދުވަހުގެ މަޝްވަރާ ބަައްދަލުވުމެއް ބާއްވައިފި އެވެ. ކަސްޓަމްސްއިން އިސްނަގައިގެން ބޭއް...

31 Jan 2020 | 01:48

ހއ. އުލިގަމު ބަދަރަށް ބޭރުގެ ޔޮޓް ފަހަރު މަޑު ކުރުން މަދުވެފައިވާތީ ކަމާ ގުޅޭ އިދާރާތަކުގެ ބޭފުޅުންގެ މެދުގައި އެއްދުވަހުގެ މަޝްވަރާ ބަައްދަލުވުމެއް ބާއްވައިފި އެވެ.

ކަސްޓަމްސްއިން އިސްނަގައިގެން ބޭއްވި މި ބައްދަލުވުމުގައި ވަރަށް ފުޅާ ދާއިރާއެއްގައި މި މައްސަލަ ހައްލު ކުރުމާއި ގުޅޭގޮތުން މަޝްވަރާކޮށްފައިވެ އެވެ. އެގޮތުން އެރަށަށް ޔޮޓް ފަހަރު ދިއުން މަދުވާ ސަބަބު އެނގިގެންދިޔަ ކަމަށާއި އެ މައްސަލަތަކަށް ބައްދަލުވުމުގެ ބައިވެރިން މުހިންމު ހައްލުތަކެއް ހުށަހަޅާފައިވާ ކަމަށެވެ.

މީގެ އިތުރުން މައްސަލަ ހައްލު ކުރުމަށް ހުށަހެޅި ހިޔާލުތަކުގެ މައްޗަށް ޕްރެސެންޓޭޝަން ތައްޔާރުކޮށްފައިވެ އެވެ.

ކަސްޓަމްސްއިން ބުނީ މި ބައްދަލުވުމުގައި ކުރެވުނު މަޝްވަރާއަށް ފަހު ތައްޔާރު ކުރެވޭ ރިޕޯޓެއް ރައްޔިތުންގެ މަޖިލީހުގެ އިގްތިސޯދީ ކޮމިޓީއަށް ހުށަހަޅާނެ ކަމަށެވެ.

އިއްޔެ ކުރިޔަށް ގެންދިޔަ މި ބައްދަލުވުމުގައިި ތަފާތު 15 ދާއިރާއަކުން45 މަންދޫބުން ބައިވެރިވެ ވަޑައިގެންނެވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް