ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، މިނިސްޓްރީ އޮފް ހެލްތަށް ޒިޔާރަތް ކުރައްވައިފިއެވެ.
ނައިބް ރައީސް މިނިސްޓްރީ އޮފް ހެލްތަށް ޒިޔާރަތް ކުރެއްވީ މިއަދު ހެނދުނެވެ. މިޒިޔާރަތުގައި ނައިބް ރައީސް ފައިސަލް ނަަސީމް ވަނީ ހެލްތް މިނިސްޓްރީގެ އިސްވެރިންނާއި ބައްދަލު ކުރައްވާފައެވެ.
މިބައްދަލުވުމުގައި ހެލްތް މިނިސްޓްރީގެ ފަރާތުން ވަނީ، އެމިސްޓަރީ އަށް ދިމާވެފައިވާ ދަތިތަކާއި އަދި ގޮންޖެހުންތައް ނައިބް ރައީސް އާއި ހިއްސާ ކުރައްވާފައެވެ. އަދި އެކަންކަމަށް އޮތް ހައްލާއި ބެހޭގޮތުން ވެސް ވަނީ މިބައްދަލުވުމުގައި މަޝްވަރާ ކުރައްވައިފައެވެ. ނައިބް ރައީސް ވަނީ ހެލްތް މިނިސްޓްރީގެ މަސައްކަތްތައް ކުރިއަށް ދާ ގޮތް ވެސް ބައްލަވައިލައްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް