މޯލްޑިވްސް ރިފޯމް މޫވްމަންޓް ނަމުގައި ޕާޓީއެއް އުފައްދަން މައުމޫން ނިންމަވައިފި

މޯލްޑިވްސް ރިފޯމް މޫވްމަންޓްގެ ނަމުގައި އައު ސިޔާސީ ޕާޓީއެއް އުފެއްދެވުމަށް ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން އަބްދުލްގައްޔޫމް ނިންމަވައިފިއެވެ. މިގޮތަށް ނިންމެވިކަން ހާމަކުރެއްވީ ސޯލްޓްގައި މައުމޫނ...

31 Jan 2019 | 14:03

މޯލްޑިވްސް ރިފޯމް މޫވްމަންޓްގެ ނަމުގައި އައު ސިޔާސީ ޕާޓީއެއް އުފެއްދެވުމަށް ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން އަބްދުލްގައްޔޫމް ނިންމަވައިފިއެވެ.

މިގޮތަށް ނިންމެވިކަން ހާމަކުރެއްވީ ސޯލްޓްގައި މައުމޫން ރިފޯމް މޫވްމަންޓް (އެމްއާރުއެމް)  އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

ނޫސްވެރިންގެ އެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ އެމްއާރުއެމް ޕާޓީއަކަށް ބަދަލުކޮށްލުމަށް ނިންމެވީ ސުޕްރީމް ކޯޓުގެ ހުކުމް މިހާރު އޮތް ގޮތުން ކަމަށެވެ. މިއަދު އެ ނޫސްވެރިންގެ ބައްދަލުވުން އެމްއާރުއެމްއިން ބާއްވާފައިވަނީ "މި އަޒުމެއް ނުގުޑާނެ، މި ހިތްވަރެއް ނޭލޭނެ" މި ޝުޢޫރުގެ ދަށުންނެވެ.

ރައީސް މައުމޫން ވިދާޅުވީ މިހާރު ސިޔާސީ ހަރަކާތެއްގެ ގޮތުގައި ކުރިއަށް ގެންދަވާ މައުމޫން ރިފޯމް މޫވްމަންޓް، މޯލްޑިވްސް ރިފޯމް މޫވްމަންޓްގެ ގޮތުގައި ޕާޓީއެއްގެ ގޮތަށް ބަދަލުކުރަން ނިންމެވީ އެމްއާރުއެމްގެ ކޯ ގްރޫޕާއި ބައްދަލުކުރައްވައި ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވުމަށްފަހުގައި ކަމަށެވެ.

މިއަދު ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް މައުމޫން ވިދާޅުވީ ޕާޓީއެއް އުފެއްދުމަށް މިހާރު މަސައްކަތް ފަށާފައިވާކަމަށެވެ. ރައީސް މައުމޫން އިތުރަށް ވިދާޅުވީ އެމްއާރުއެމް ޕާޓީއަކަށް ހެދުމަށް ނިންމުމުގެ ކުރިން ގާނޫނީ ލަފާވެސް ހޯއްދެވިކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް