ކޯކު ފުޅީގެ މަތިގަޑުގައިވާ ނަންބަރު އެސްއެމްއެސް ކޮށްގެން އިނގިރޭސި ޕްރިމިއާ ލީގުގެ މެޗެއް ބަލައިލުމަށް ލަންޑަނަށް ދިޔުމުގެ ފުރުސަތާއެކު ކޮކާ ކޯލާއިން މިހާރު ކުރިއަށްގެންދާ ޕްރޮމޯޝަންގައި، ލަންޑަނަށް ދާނެ ފުރަތަމަ ކަޕަލް ގުރުއަތުން ހޮވައިފިއެވެ.
ކޮކާކޯލާއިން ބުނެފައިވާގޮތުގައި ފުރަތަމަ ހަފްތާގެ ނަސީބުވެރި ފަރާތަކީ 9556669 އިން އެސްއެމްއެސް ކުރި ފަރާތެވެ. އެފަރާތުގެ ކޯޑް ނަމްބަރަކީ NRHSKF އެވެ. ފުރަތަމަ ހަފްތާގައި އެސްއެމްއެސް ކުރި ފަރާޓްތަކުގެ ތެރެއިން އެލްއީޑީ ޓީވީ ލިބުނު ފަރާތްވެސް ވަނީ އިއުލާނު ކޮށްފައެވެ. އެލްއީޑީ ޓީވީ ލިބުނު ފަރާތުގެ ނަމްބަރަކީ 9879411 އެވެ. އެ ފަރާތުގެ ކޯޑު ނަމްބަރަކީ ETQCEF އެވެ.
އަންނަ މާޗް މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ އެ ޕްރޮމޯޝަން އިފްތިތާހުކޮށްދިނީ ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތެއްގައި ގައުމީ ޓީމްގެ ކުރީގެ ގޯލް ކީޕަރު އިމްރާން މުހައްމަދެވެ.
ނަސީބުވެރި ދެ ފަރާތަކަށް ކޮންމެ ހަފްތާއަކު އެ ޕްރޮމޯޝަންގެ ދަށުން ޕްރިމިއާ ލީގުގެ މެޗެއް ބަލައިލުމަށް ލަންޑަނަށް ދިޔުމުގެ ފުރުސަތު ލިބިގެންދާނެކަމަށާއި، ގުރުއަތުން ހޮވޭ 45 ފަރާތަކަށް 45 އެލްއީޑީ ޓީވީވެސް ލިބިގެންދާނެ ކަމަށް ކޮކާ ކޯލާއިން ހާމަ ކުރެއެވެ.
މި ޕްރޮމޯޝަންގައި ބައިވެރި ވެވޭނީ ކޮކާކޯލާ ފުޅީގެ މަތިގަނޑުގައިވާ ނަމްބަރު 2626 އަށް އެސްއެމްއެސް ކުރުމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް