މިއަހަރުގެ ރެހެންދި އެވޯޑަށް ހުށައެޅުމުގެ ފުރުސަތު ޖެންޑާ މިނިސްޓީން ހުޅުވާލައިފިއެވެ.
"ރެހެންދި އެވޯޑް" ނަން ހުށައެޅުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މިއަދުން ފެށިގެން 10 ފެބްރުއަރީ 2019 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ނިޔަލަށް ހުޅުވާލަށްކަމަށް ޖެންޑާ މިނިސްޓްރީން މިއަދު ނެރުނު އިއުލާނެއްގައި ބުނެފިއެވެ.
އެވޯޑަށް ކުރިމަތިލުމަށް އަމިއްލައަށް ނަން ހުށަހެޅުމުގެ ފުރުސަތުގެ އިތުރުން އެހެން ފަރާތްތައް އެވޯޑަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް އެއިއުލާނުގައި ވަނީ ބުނެފައެވެ. އަދި އޮފީސްތަކާއި މުއައްސަސާތަކުން ވެސް އެއެވޯޑަށް ކުރިމަތިލެވޭނެ ކަމަށް އެއިއުލާނުގައި ވަނީ ބުނެފައެވެ.
މިއެވޯޑު ދިނުމަށް ހަމަޖެހިފައިވާ ދާއިރާތަކުގެ ޝަރުތުތައް އެކުލެވޭ ލިޔުމާއި އެޕްލިކޭޝަން ފޯމު މިނިސްޓްރީ އޮފް ޖެންޑާ ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ ވެބްސައިޓުން ޑައުންލޯޑު ކުރެވޭނެއެވެ.
ރެހެންދި އެވޯޑަކީ މުޖުތަމައުއާއި ޤައުމުގެ ތަރައްޤީއަށް ލާބަޔާއި މަންފާ ލިބޭފަދަ އަގުހުރި ހިދުމަތްތައް ކޮށްދީފައިވާ އަންހެނުންނަށް، 2014 ވަނަ އަހަރުން ފެށިގެން މިނިސްޓްރީ އޮފް ޖެންޑަ އެންޑް ފެމިލީ އިން ދޭ ޚާއްސަ އެވޯޑެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް