ގއ މާމެންދޫ ކޯޓުގެ ތިޖޫރި ފަޅާލައިފި

ގއ. މާމެންދޫ ކޯޓުގެ ތިޖޫރި ފަޅާލައި އޭގައި ހުރި ފައިސާ ވަގަށް ނަގައިފިއެވެ. މީޑިއާތަކަށް މައުލޫމާތުދެއްވަމުން ފުލުހުން ވިދާޅުވެފައިވަނީ ގއ. މާމެންދޫ ކޯޓުގެ ކުޑަދޮރު ހަލާކުކޮށްލައިގެން އެތަނަށް ވަދެ ތި...

31 Jan 2019 | 03:39

ގއ. މާމެންދޫ ކޯޓުގެ ތިޖޫރި ފަޅާލައި އޭގައި ހުރި ފައިސާ ވަގަށް ނަގައިފިއެވެ.

މީޑިއާތަކަށް މައުލޫމާތުދެއްވަމުން ފުލުހުން ވިދާޅުވެފައިވަނީ ގއ. މާމެންދޫ ކޯޓުގެ ކުޑަދޮރު ހަލާކުކޮށްލައިގެން އެތަނަށް ވަދެ ތިޖޫރި ހަލާކުކޮށް އޭގައި ހުރި 13500 (ތޭރަ ހާސް ފަސް ސަތޭކަ) ރުފިޔާ ވަގަށް ނަގާފައިވާކަމުގެ މައުލޫމާތު ހެނދުނު 08:00 ހާއިރު ފުލުހުންނަށް ލިބިފައިވާކަމަށެވެ.

ފުލުހުން މިހާރު ދަނީ އެ ރަށުގައި ހަރަކާތްތެރިވަމުންކަމުގައި ފުލުހުން ބުނެއެވެ. މި މައްސަލައިގާ އަދި މީހަކު ހައްޔަރުކުރި ކަމެއް ނުވަތަ ނޫންކަމެއް ފުލުހުން އަދި ބުނެފައެއް ނުވެއެވެ.

މާމެންދޫ ކޯޓުގެ ތިޖޫރި ފަޅާލާފައިވާއިރު މީގެ ހަފްތާއެއްހާ ދުވަސް ކުރިން ރ. މާކުރަތު ކައުންސިލް އިދާރާ އާއި ސިއްހީ މަރުކަޒު އަދި ކޯޓު ފަޅާލައި ގިނަ އަދަދެއްގެ ފައިސާ ވަގަށް ނަގާފައިވެއެވެ. އެ މައްސަލައިގާ ފުލުހުން ވަނީ ބަޔަކު ހައްޔަރުކޮށް އެމީހުންގެ ބަންދަށް ކޯޓު މެދުވެރިކޮށް މުއްދަތުވެސް ޖަހާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް