މައި ކޮލެޖުން އިންތިޒާމް ކޮށްގެން ހުޅުމާލޭގައި "ފަން ރަން" މި ނަމުގައި ދުވުމެއް ބާއްވަން ނިންމައިފި އެވެ.
އެ ކޮލެޖުން މައުލޫމާތު ދޭގޮތުގައި މި ދުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ މި ފެށުނު ފެބްރުއަރީ މަހުގެ ތިނެއްވާ ހޮނިހިރު ދުވަހުގައި އެވެ. ހުޅުމާލޭގައި މި ދުވުން ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ އެ ދުވަހުގެ ހަވީރު 04:00 އިން އިރު އޮއްސި 06:30 އަށެވެ.
މި އިވެންޓްގައި މައި ކޮލެޖުގެ ދަރިވަރުންގެ އިތުރުން، ދުވުމަށް ލޯބި ކުރައްވާ ހަމަ ކޮންމެ ފަރާތަކަށްވެސް ބައިވެެރިވެވޭގޮތަށް ކުރިއަށް ގެންދާ ހަރަކާތެއް ކަމުގައި އެ ކޮލެޖުން މައުލޫމާތު ދެ އެވެ.
އެ ކޮލެޖުން މައުލޫމާތުދޭގޮތުގައި މި އިވެންޓް ފެށިގެންދާނީ ހުޅުމާލޭ ސެންޓްރަލް ޕާރކުންނެވެ. އިވެންޓްގެ އަޕްޑޭޓްތަށް އެކޮލެޖުގެ ފޭސްބްކް ޕޭޖްގައިވާ އިވެންޓް ޕޯސްޓުން ލިބޭނެެެވެ. އަދި މީގެ އިތުރުން ހަމަ އެދުވަހު މައި ކޮލެޖްގެ ހުޅުމާލޭ ކެންޕަސްގެ އައު އިމާރާތް ވެސް ޙުޅުވުމަށް ކޮލެޖުން ނިންމަވައި މިކަމަށް ވާންޖެހޭ ފަހުގެ ތައްޔާރީތަށް ދަނީ ވަމުން ކަމުގައިވެސް އެ ކޮލެޖުން މައުލޫމާތު ދެ އެވެ.
މައި ކޮލެޖަކީ ފެށުނީއްސުރެ ސިއްހީ އަދި ދުޅަހެޔޮކަން ގެނެސްދޭ ކަންކަަމަށް ލޯބި ކުރާ ކޮލެޖެކެވެ. 2017 ވަނަ އަހަރު ކުޑަ ހަސަން މެރެތަންގައިވެސް މައި ކޮލެޖުން ބައިވެރިވެފައި ވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް