ޝިނާން އާއި އިލްހާމް ޕޮލިހަށް ހާޒިރުވާން ދެ ހަފްތާގެ މުހުލަތެއް ދީފި

ގޮނޑި ގެއްލުވާލާފައިވާ، އެމްޕީ އިލްހާމް އާއި އެމްޕީ ޝިނާން ފުލުސް އޮފީހަށް ހާޒިރުވުމަށް ދެ ހަފްތާގެ މުހުލަތެއް ފުލުހުން ދީފި އެވެ. ފުލުހުން މިކަން ހާމަކޮށް ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ ރައ...

31 Jan 2018 | 17:56

ގޮނޑި ގެއްލުވާލާފައިވާ، އެމްޕީ އިލްހާމް އާއި އެމްޕީ ޝިނާން ފުލުސް އޮފީހަށް ހާޒިރުވުމަށް ދެ ހަފްތާގެ މުހުލަތެއް ފުލުހުން ދީފި އެވެ.

ފުލުހުން މިކަން ހާމަކޮށް ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންނަށް ރިޝްވަތު ދިނުމުގެ ތުހުމަތުގައި އަޙްމަދު ފާރިސް މައުމޫންގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން ކ.މާލެ، މ.އަލިމަސްވާދީ، އަބްދުﷲ ސިނާން އާއި ގއ.ގެމަނަފުށި / އޯކިޑުމާގެ އިލްހާމް އަޙްމަދު އަކީ މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ޙާޟިރުކުރުމަށް ބޭނުންވެ ދިވެހިރާއްޖޭގައި މިވަގުތު ނެތުމުގެ ސަބަބުން ޙާޟިރުކުރެވިފައިނުވާ ދެމީހުން ކަމަށެވެ.

"އަބްދުﷲ ސިނާން އާއި އިލްހާމް އަޙްމަދު ހާޟިރުކުރުމަށްޓަކައި ޗިޓް ހަވާލުކުރުމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން މަސައްކަތްކުރި ނަމަވެސް މިދެމީހުން އުޅޭވަކިތަނެއް ނޭނގި މިވަގުތު ރާއްޖެއިން ބޭރުގައި ހުރުމުގެ ސަބަބުން ފުލުހުންގެ ތަޙްޤީޤަށް ޙާޟިރުވުމަށް އަންގާ ޗިޓް ވަނީ އެފަރާތްތަކާ ހަވާލުނުކުރެވިއެވެ" އެ ނޫސްބަޔާނުގައި ބުނެފައި ވެ އެވެ.

އެ ބަޔާނުގައި ބުނެފައިވަނީ އަބްދުﷲ ސިނާން އާއި އިލްހާމް އަޙްމަދުގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން ތަޙްޤީޤަށް ކުރަންޖެހޭ ސުވާލުތައް ކުރުމަށާއި އަބްދުﷲ ސިނާން އާއި އިލްހާމް އަޙްމަދު ގެ މައްޗަށް ކުރެވޭ ތުހުމަތުތަކަށް ޖަވާބުދާރީވުމުގެ ގޮތުން 31 ޖެނުއަރީ 2018 ވަނަދުވަހުން ފެށިގެން 14 (ސާދަ) ދުވަހުގެ ތެރޭގައި މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ޙާޟިރުވުމަށް އެންގުމަށްޓަކައި މި ނޫސް ބަޔާން މެދުވެރިކޮށް އާންމުކޮށް އަންގައި އިއުލާނުކުރީމެވެ. އަދި މިމުއްދަތުގެ ތެރޭގައި ތަޙްޤީޤަށް ހާޒިރުނުވެއްޖެނަމަ އަޅަންޖެހޭ ޤާނޫނީ އެހެނިހެން ފިޔަވަޅުތައް މޯލްޑިވްސް ޕޮލިސް ސަރވިސްއިން އަޅާނެކަމުގައި ދަންނަވާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް