ބުރުގާ އެޅުމާއި ދެކޮޅަށް އިރާނުގައި މުޒާހަރާކުރި އަންހެންމީހާ ހައްޔަރު ކޮށްފި

އިރާނުގައި ބުރުގާ އެޅުމާއި ދެކޮޅަށް މުޒާހަރާ ކުރި އަންހެން މީހާ ހައްޔަރު ކޮށްފި އެވެ. ބުރުގާ އެޅުމާއި ދެކޮޅަށް އޭނާ މުޒާހަރާކޮށްފައިވަނީ ތެހެރާނުގެ މަގެއްގެ މަތީގައި ބުރުގާ ބޭލުމަށްފަހު ބުރުގާ ދަނޑިކޮ...

31 Jan 2018 | 14:37

އިރާނުގައި ބުރުގާ އެޅުމާއި ދެކޮޅަށް މުޒާހަރާ ކުރި އަންހެން މީހާ ހައްޔަރު ކޮށްފި އެވެ.

ބުރުގާ އެޅުމާއި ދެކޮޅަށް އޭނާ މުޒާހަރާކޮށްފައިވަނީ ތެހެރާނުގެ މަގެއްގެ މަތީގައި ބުރުގާ ބޭލުމަށްފަހު ބުރުގާ ދަނޑިކޮޅެއްގައި އައްސައިގެންނެވެ. ހަމަ މިގޮތަށް ތެހެރާނުގެ ތިން ސަރަހައްދެއްގައި ތިން އަންހެނަކު މުޒާހަރާ ކުރި ކަމަށް ރިޕޯޓް ކޮށްފައި ވެ އެވެ.

މި އަންހެންމީހާ މި އަމަލު ހިންގާފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 27 ވަނަ ދުވަހުގައި އެވެ.

އޭނާ ހައްޔަރުކޮށްފައިވާއިރު އޭނާގެ ވަކީލު ބުނެފައިވަނީ ކަފާލާތުގެ ދަށުން ދޫކޮށްލާނެ ކަމަށް ބުނަނީ އެއް ލައްކަ ޑޮލަރު ދެއްކުމުން ކަމަށް ބުނާއިރު އެ އަދަދަކީ އޭނާއާށް ދެއްކޭވަރުގެ އަދަދެއް ނޫން ކަމަށެވެ. އަދި އެހާ ބޮޑު އަދަދެއް ކަނޑައެޅީ އޭނާ ހައްޔަރުގައި ބެހެއްޓުމުގެ ނިޔަތުގައި ކަމުގައިވެސް އެ އަންހެންމީހާގެ ވަކީލު ބުނެފައި ވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް