ރަސިލީ އަގު އުފުލުން: ހީވަނީ ގާތް ތިމާގެ މީހަކު ނިޔާވެގެން އުޅޭހެން !

ޜާއްޖޭގައި އެންމެ ގިނަ ދުވަސް ވި އަދި އެންމެ މަޤްބޫލު ސުޕާރި "ޜަސްލީ"ގެ ޕެކެޓެއް 1 ރުފިޔާގެ އަގަކަށް އުފުލިގެން ދިޔުން ވީ ސުޕާރި ކެއުމަށް ވަރުހުންނަ ހުރިހާ އެންމެންނަށް ވަރަށް ދެރަ ޚަބަރަކަށެވެ. ސުޕާރ...

31 Jan 2018 | 13:53

ޜާއްޖޭގައި އެންމެ ގިނަ ދުވަސް ވި އަދި އެންމެ މަޤްބޫލު ސުޕާރި "ޜަސްލީ"ގެ ޕެކެޓެއް 1 ރުފިޔާގެ އަގަކަށް އުފުލިގެން ދިޔުން ވީ ސުޕާރި ކެއުމަށް ވަރުހުންނަ ހުރިހާ އެންމެންނަށް ވަރަށް ދެރަ ޚަބަރަކަށެވެ.

ސުޕާރީގެ އަސްލު ރަހައަކީ ހަމަ ރަސްލީގެ ރަހަކަމަށް ބައެއް މީހުން ބުނަމުން ދާއިރު، އަނެއްބަޔަކު ދަނީ ސޯޝަލް މީޑިއާގައި ނުރުހުން ފާޅު ކުރަމުންނެވެ.

އެ ބުރޭންޑަކަށް އެންމެންގެ ހިތްތަކުން މަތީ ޖާގައެއް ލިބިފައިވާ ރަސްލީ ސުޕާރި ޕެކެޓެއް މީގެ ކުރިން ވިއްކަނީ 50ލ (ބައި) ރުފިޔާއަށެވެ. ނަމަވެސް، ބައިނަލްއަޤްވާމީ މާރކެޓްގައި އަގުތަށް އުފުލުމުގެ ސަބަބުން، ހޯލްސޭލް އަގުތަށް މަތިވެ، ޜީޓެއިލްކުރާ އަގަށް މިބަދަލު އައީ ކަމަށް ވިޔަފާރިވެރިން ބުނެއެވެ.

ސުޕާރިއަކީ އިންސާނާގެ ހަށިގަނޑުގެ ތެރެއިން ބޭރުވާ އެއްޗެއް ނޫނެވެ. މިއީ ހަޖަމުނުވާ އެއްޗަކަށް ވެފައި މީގެ ގެއްލުން އިންތިހާއަށް ބޮޑެވެ. ހަށިގަނޑުގެ އެތެރޭގައި މި އެއްޗެހި ގިނަވެ، އެތެރޭގެ ގުނަވަންތަކުގައި ފާރު އުފެދި، އާހިރުގައި އެ ފާރުގަނޑުތަށް ކެންސަރަށް ބަދަލުވެއެވެ. މީގެ އިތުރުން ނޭވާލުމުގެ ނިޒާމުގެ މައްސަލަތަށް އަދި ހިތުގެ ބަލިތަށްވެސް ސުޕާރީގެ ސަބަބުން ޖެހޭލެއް މަދެއްނޫނެވެ. ސުޕާރިއަކީ މިހާ ގެއްލުން ބުޑު އެއްޗަކަށް ވާއިރު ގިނަ ދިވެހިންނަށް މިކަން ނުވިސްނެއެވެ. ފަހަރުގައި ވިސްނަން ބޭނުންނުވަނީއެވެ.

މިކަމާ ގުޅިގެން ނުރުހުން ފާޅު ކުރަމުންދާ ދިޔުން ޢަޅުގަނޑަށް ސިފަވީ ގާތްތިމާގެ މީހަކު ނިޔާވެގެން އުޅޭ އުޅުން ފަދަ ކަމަކަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް