ޑްރާމާ ސީރީޒް " ދިލް ސަމަލް ޖާ ޒަރާ " ފެބްރުއަރީ މަހު ނިމުމަކަށް އަންނަނީ

2017 ވަނަ އަހަރުގެ އޮކްޓޯބަރ މަހު ސްޓަރ ޕްލަސް އިން ދައްކަން ފެށި ޑްރާމާ ސީރީޒް ދިލް ސަމަލް ޖާ ޒަރާ ފެބްރުއަރީމަހު ނިންމާލުމަށް ނިންމާފައިވާކަމަށް ސްޓާރ ޕްލަސްއިން ވަނީ ހާމަކޮށްފައެވެ. މީޑިޔާ ރިޕޯޓްތަ...

31 Jan 2018 | 11:53

2017 ވަނަ އަހަރުގެ އޮކްޓޯބަރ މަހު ސްޓަރ ޕްލަސް އިން ދައްކަން ފެށި ޑްރާމާ ސީރީޒް ދިލް ސަމަލް ޖާ ޒަރާ ފެބްރުއަރީމަހު ނިންމާލުމަށް ނިންމާފައިވާކަމަށް ސްޓާރ ޕްލަސްއިން ވަނީ ހާމަކޮށްފައެވެ. މީޑިޔާ ރިޕޯޓްތައް ބުނާގޮތުން މިޑްރާމާ ސީރީޒްގެ އެންމެ ފަހު އެޕިސޯޑް ދެއްކުމަށް ހަމަޖެހިފައިވަނީ ފެބްރުއަރީ މަހުގެ 2 ވަނަ ދުވަހުއެވެ. ލޯބީގެ ކަންތައްތަކެއް ދައްކުވައިދޭ މިޑްރާމާ ސީރީޒްއިން ފެނިގެންދާ ތަރިންގެ ތެރޭގައި ހިންދީ ފިލްމުތަކުން މީގެކުރިން ފެނިގެންގޮސްފައިވާ ތަރި ސަންޖޭ ކަޕޫރު ހިމެނެއެވެ. މީގެއިތުރުން ސްމްރިތީ ކަރްލާ އަދި ފަހުގެ ހިންދީ ފިލްމުތަކުން ފެނިގެންގޮސްފައިވާ ތަރި އާޝިމް ގުލާތީވެސް މި ޑްރާމާ ސީރީޒްއިން ފެނިގެންދެއެވެ. މިޑްރާމާ ސީރީޒް ޕްރޮޑިޔުސްކުރަނީ ބޮލީވުޑްގެ ފިލްމު އުފައްދާ މަޝްހޫރު ވިކްރަމް ބަޓްއެވެ.

އެހެންނަމަވެސް މިހުރިހާ ކަމަކާއެކުވެސް މިޑްރާމާ ސީރީޒްއަށް އާންމުންގެ ފަރާތުން އެދެވޭ ތަރުޚީބެއް ލިބިގެންގޮސްފައެއް ނުވެއެވެ. އެސަބަބަށްޓަކައި މިޑްރާމާ ސީރީޒް ހުއްޓާލުމަށް ސްޓަރ ޕްލަސްއިން ވަނީ ނިންމާފައެވެ. މިޚަބަރަކީ މި ޑްރާމާ ބަލާ ފަރާތްތަކަށް އުފާވެރި ޚަބަރަކަށް ނުވާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް