ތިން މަސް ދުވަސްގެ ތެރޭގައި މީރާއަށް ފަސް ލައްކަ ދެއްކުމަށް ކުންފުންޏެއްގެ މައްޗަށް ހުކުމް ކޮށްފި

ބީ.ޕީ.ޓީ ނުދައްކާ ކުންފުންޏެއްގެ މައްޗަށް އެ ފައިސާ އާއި އެއާގުޅޭ ޖޫރިމަނާ ދެއްކުމަށް ސިވިލް ކޯޓުން އިއްޔެ ޙުކުމް ކޮށްފިއެވެ. ހުކުމް ކޮށްފައިވަނީ ސްކިޕް ޖެކް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ނަމަކ...

31 Jan 2018 | 11:02

ބީ.ޕީ.ޓީ ނުދައްކާ ކުންފުންޏެއްގެ މައްޗަށް އެ ފައިސާ އާއި އެއާގުޅޭ ޖޫރިމަނާ ދެއްކުމަށް ސިވިލް ކޯޓުން އިއްޔެ ޙުކުމް ކޮށްފިއެވެ.

ހުކުމް ކޮށްފައިވަނީ ސްކިޕް ޖެކް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏެކެވެ. އެ ކުންފުނީގެ މައްޗަށް ހުކުމް ކޮށްފައިވަނީ ބީ.ޕީ.ޓީ އާއި އެއާގުޅޭ ޖޫރިމަނާގެ ގޮތުގައި ޖުމްލަ 530,431.17ރ (ފަސްލައްކަ ތިރީސްހާސް ހަތަރުސަތޭކަ ތިރީސްއެއް ރުފިޔާ)، 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި ދައްކާ ޚަލާޞް ކުރުމަށެވެ.

މީގެ އިތުރުން ދަޢުލަތަށް ދައްކަންޖެހޭ ބީ.ޕީ.ޓީ އަދި އެއާގުޅޭ ޖޫރިމަނާގެ ފައިސާ ހޯދުމަށް 04 (ހަތަރު) ފަރާތެއްގެ މައްސަލަ މި އަހަރުގެ ތެރޭގައި ކޯޓަށް ހުށަހަޅައިފައިވާކަމުގައި މީރާއިން ހާމަކުރެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް