ދުބާއީ ފުލުހެއްގެ ގައިގާ ދަތް އެޅި އަންހެނަކު ހަ މަހަށް ޖަލަށް

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގައި ދުބާއީ ފުލުސް އޮފިސަރެއްގެ ގައިގާ ދަތް އެޅި އަންހެނަކު ހަ މަސް ދުވަހަށް ޖަލަށް ލުމަށް ހުކުމް  ކޮށްފި އެވެ. ހަ މަސް ދުވަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފައިވަނީ އުމުރު...

31 Jan 2018 | 08:05

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގައި ދުބާއީ ފުލުސް އޮފިސަރެއްގެ ގައިގާ ދަތް އެޅި އަންހެނަކު ހަ މަސް ދުވަހަށް ޖަލަށް ލުމަށް ހުކުމް  ކޮށްފި އެވެ.

ހަ މަސް ދުވަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފައިވަނީ އުމުރުން 24 އަހަރުގެ، އުގަންޑާއަށް ނިސްބަތްވާ އަންހެނެކެވެ.

މީޑިއާތަކުގައި ރިޕޯޓް ކޮށްފައިވާގޮތުގައި އެ އަންހެންމީހާ ފުލުސް އޮފިސަރެއްގެ ގައިދާ ދަތް އަޅާފައިވަނީ ޕާސްޕޯޓް ދެއްކުމަށް އެދުމުން އެކަމަށް ދެކޮޅުހަދާ ދުއްވައިގަތުމުން، ދުބާއީ ފުލުހަކު އެ އަންހެން މީހާ ހިފެހެއްޓުމުންނެވެ.

ދުބާއީ ކޯޓުން ހާމަކޮށްފައިވާގޮތުގައި އެ އަންހެންމީހާއަކީ ގަވާއިދާއި ހިލާފަށް އެ ގައުމަށް އެތެރެވެފައިވާ މީހެކެވެ. ހުކުމް ތަންފީޒުކޮށް ނިމުމުން ޑިޕޯޓް ކޮށްލަންވެސް ހުކުމް ކޮށްފައި ވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް