މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި ދިރާގަށް ސާފު ފައިދާގެ ގޮތުގައި 234 މިލިޔަން ރުފިޔާ ލިބިއްޖެ އެވެ. މިއީ މިދިޔަ އަހަރުގެ ފަހު ކުއާތަރާއި އަޅާ ބަލާއިފު 25 އިންސައްތައިގެ ކުރިއެރުމެކެވެ.
ދިރާގުން ހާމަކޮށްފއިވާ އެ ކުންފުނީގެ 2017 ވަނަ އަހަރުގެ ފަހު ކުއާޓަރުގެ މާލީ ތަފާސް ހިސާބުތަކުގައިވާގޮތުގައި އެ ކުއާޓަރުގައި ދިރާގަށް އާމްދަނީގެ ގޮތުގައި 698 މިލިޔަން ރުފިޔާ ލިބިފައި ވެ އެވެ. 2016 ވަނަ އަހަރުގެ ހަތަރުވަނަ ކުއާޓަރުގައި ދިރާގަށް ލިބުނީ 642 މިލިޔަން ރުފިޔާގެ އާމްދަނީއެއް ކަމުގައި ބުނެފައި ވެ އެވެ.
ދިރާގުން ހާމަކޮށްފައިވާގޮތުގައި މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި ފައިދާގެ ގޮތުގައި ދިރާގުން 234 މިލިޔަން ރުފިޔާ ހޯދާފައިވާއިރު އެއީ އަހަރުން އަހަރަށް ބަލާއިރު، 2016 ގެ ފަހު ކުއާޓަރުގައި ލިބުނު 189.9 މިލިޔަން ރުފިޔާއަށް ވުރެ 25 ޕަސަންޓު އިތުރުވުމެކެވެ.
މިދިޔަ ކުއާޓަރުގައި ހިއްސާއަކަށް ޖެހުނު ފައިދާއަކީ 3.08 ރުފިޔާ ކަމުގައިވާއިރު ދިރާގުން މިދިޔަ ކުއާޓަރުގައި ގިނަ އާ ޚިދުމަތްތަކެއް ތައާރަފުކޮށްފައި ވެ އެވެ.
އޭގެ ތެރޭގައި ކަސްޓަމަރުން ބޭނުންގޮތަކަށް މޯބައިލް ޕްލޭން ކަސްޓަމައިޒްކުރެވޭ "މަމެން" ޕްލޭން އާއި ދިރާގުގެ މޯބައިލް މަނީ ޚިދުމަތް "ދިރާގު ޕޭ"އާއި، ސޯޝަލް މީޑިއާ އެޕްތައް ހިލޭ ބޭނުންކުރެވޭ ގޮތަށް އިސްލާހުތައް ގެނެސް ދިރާގުން އަލަށް ތައާރަފުކުރި އާ ޕޯސްޓްޕެއިޑް ޕްލޭނުތައް ހިމެނެއެވެ. މީގެ އިތުރުން ދިރާގު ފައިބާ ބްރޯޑްބޭންޑްގެ ޚިދުމަތާއި ދިރާގު ޓީވީގެ ޚިދުމަތް ރާއްޖޭގެ އެކި ރަށްރަށަށް ފުޅާ ކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް