އުރީދޫ އަށް މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި 140 މިލިޔަން ރުފިޔާގެ ފައިދާއެއް

ނިމިދިޔަ 2017 ވަނަ އަހަރުގެ ފަހު ކުއާޓަރުގައި، އުރީދޫ މޯލްޑިވްސް އަށް 140.8 މިލިޔަން ރުފިޔާގެ ފައިދާއެއް ލިބިއްޖެ އެވެ. އެ ކުންފުނިން ނެރެފައިވާ 2017 ވަނަ އަހަރުގެ ގެ ހަތަރުވަނަ ކުއާޓަރުގެ ރިޕޯޓުގައިވ...

31 Jan 2018 | 06:23

ނިމިދިޔަ 2017 ވަނަ އަހަރުގެ ފަހު ކުއާޓަރުގައި، އުރީދޫ މޯލްޑިވްސް އަށް 140.8 މިލިޔަން ރުފިޔާގެ ފައިދާއެއް ލިބިއްޖެ އެވެ.

އެ ކުންފުނިން ނެރެފައިވާ 2017 ވަނަ އަހަރުގެ ގެ ހަތަރުވަނަ ކުއާޓަރުގެ ރިޕޯޓުގައިވާގޮތުގައި އުރީދޫއަށް އާމްދަނީގެ ގޮތުގައި 472.5 މިލިޔަން ރުފިޔާ ލިބިފައިވާއިރު އޭގެ ތެރެއިން ޚަރަދުތައް ކެނޑުމަށްފަހު ހަތަރުވަނަ ކުއާޓަރުގެ ފައިދާއަށް ލިބުނު އަދަދަކީ 140،825،000 ރުފިޔާއެވެ.

މިދިޔަ އަހަރު 140.8 މިލިޔަން ރުފިޔާ އުރީދޫއަށް ފައިދާގެ ގޮތުގައި ލިބިފައިވާއިރު 2016 ވަނަ އަހަރުގެ ފަހު ކުއާޓަރުގައި އެ ކުންފުންޏަށް ލިބިފައިވަނީ 110.9 މިލިޔަން ރުފިޔާގެ ފައިދާ އެވެ. އެހެންކަމުން މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި، އޭގެ ކުރީ އަހަރުގެ ފަހު ކުއާޓަރާއި އަޅާ ބަލާއިރު ފައިދާ އިތުރު ވެފައި ވެ އެވެ.

އުރީދޫއިން ބުނެފައިވާގޮތުގައި 2017 ވަނަ އަހަރުގެ ހަތަރު ވަނަ ކުއާޓަރުގައި އާމްދަނީ އިތުރުވީ ރޯމިންގ އަދި ޑޭޓާ ރެވެނިއު އިތުރުވުމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް