ކަސްޓަމަރުންނަށް ހާއްސަކޮށް އޭސް ހާރޑްވެއަރ އިން ވަރަށް ހާއްސަ ބާބަކިއުއެއް  ބާއްވައިފި

އޭސް ހާރޑްވެއަރގެ އަށްވަނަ އަހަރީ ދުވަހާ ގުޅުވައި ކަސްޓަމަރުންނަށް ހާއްސަކޮށް ފޯރިގަދަ ބާބަކިއުއެއް ބާއްވައިފިއެވެ. މި ބާބަކިއު ބާއްވާފައިވަނީ މިދިޔަ ހޮނިހިރު ދުވަހުގެ ހަވީރު ހަތަރަކުން ރޭގަނޑު ހަތަކަ...

30 Dec 2019 | 15:43

އޭސް ހާރޑްވެއަރގެ އަށްވަނަ އަހަރީ ދުވަހާ ގުޅުވައި ކަސްޓަމަރުންނަށް ހާއްސަކޮށް ފޯރިގަދަ ބާބަކިއުއެއް ބާއްވައިފިއެވެ.

މި ބާބަކިއު ބާއްވާފައިވަނީ މިދިޔަ ހޮނިހިރު ދުވަހުގެ ހަވީރު ހަތަރަކުން ރޭގަނޑު ހަތަކަށް ރަސްފަންނުގައެވެ.

އޭސް ހާރޑްވެއަރ އިން މައުލޫމާތުދެއްވާގޮތުގައި އޭސް ހާރޑްވެއަރއިން ،25 އިން 27 ޑިސެންބަރު  ގެ ނިޔަލަށް ކުރަށްވާ ވިޔަފާރި އަކަށް ބާބަކިއު އެނޓްރީ ކޫޕަނެއް ވަނީ ދޫކޮށްފައެވެ. އަދި މީގެ އިތުރުން "ވިން އަ ގްރިލް " ގެ ނަމުގައި ލަކީޑްރޯ ކޫޕަނެއް ވެސް މި އިވެންޓުގައި ވަނީ ދޫކޮއްފައެވެ. މި ލަކީޑްރޯ ކޫޕަންގެ ނަސީބުވެރި ފަރާތަކަށް ހޮވިފައި ވަނީ ހައިފާ 251543A އެވެ.

އޭސް ހާރޑްވެއަރ އަކީ ގިނަ އަދަދެއްގެ ބާބަކިއު ސާމާނެއް އެއް ތަނަކުން ލިބެން ހުންނަ ތަނެކެވެ. އަދި މި ބާބަކިއު އިވެންޓް ގައި ބޭނުން ކޮށްފައި ވަނީ އޭސް ހާރޑްވެއަރ އިން ވިއްކާ ބާބަކިއު ސާމާނެވެ. ތަރުހީބާއެކު ނިންމާލި މި ބާބަކިއު ވެގެން ދިޔައީ ވަރަށް ގިނަ ބައެއް ބައިވެރިވި އިވެންޓަކަށެވެ.

އޭސް ހާޑްވެއަރ ދިވެހިރާއްޖޭގައި އިފްތިތާޙްކޮށްފައިވަނީ މީގެ 8 އަހަރު ކުރިން، 15 ޑިސެމްބަރ 2011 ގައެވެ. އެއީ އެމެރިކާގެ ޗިކާގޯގެ އޭސް އިންޓަރނޭޝަނަލްއާއި ދިވެހިރާއްޖޭގެ އަމިއްލަ ކުންފުންޏެއްކަމަށްވާ ކޯ-ލޯޑް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއާދެމެދު ވެވުނު އެއްބަސްވުމެއްގެދަށުން ފެށުނު ވިޔަފާރިއެކެވެ. މި އެއްބަސްވުމަށްފަހު އޭސް ހާޑްވެއަރ އެންޑް ހޯމް ސެންޓަރގެ ފުރަތަމަ ފިހާރަ މާލޭގައި ހުޅުވާފައިވަނީ 20 ޑިސެމްބަރ 2011 ގައެވެ. އަދި 19 ޑިސެމްބަރ 2013 ގައި ދެވަނަ ފިހާރައެއްވެސްވަނީ ހުޅުވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް