އާ އަހަރު ފާހަގަ ކުރެއްވުމަށް ރައީސް ސޯލިހު ލަންކާއަށް މާދަމާ ފުރާވަޑައިގަންނަވާނެ ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.
ރައީސް އޮފީހުން ބުނީ އެމަނިކުފާނުގެ މި ދަތުރުފުޅަކީ ނުރަސްމީ ދަތުރުފުޅެއް ކަމަށެވެ.
ހަތަރު ދުވަހަަށް ކުރައްވާ މިދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު އެމަނިކުފާނު ރާއްޖެ ވަޑައިގަންނަވާނީ ހުކުުރު ދުވަހު ކަމަށްވެސް ރައީސް އޮފީހުން ވަނީ މައުލޫމާތު ދީފައެވެ.
މި އަހަރުގެ ކުރީކޮޅުވެސް ރައީސް ވަނީ ލަންކާއަށް ނުރަސްމީ ދަތުރުފުތަކެއް ކުރައްވާފައިވާ އިރު، ރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު ލަންކާގެ މިނިވަން ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް އެގައުމުގެ ކުރީގެ ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހަގެ ދައުވަތަކަށް ރައީސް ވަނީ ލަންކާއަށް ވަޑައިގެންފައެވެ.
އެ ދަތުރުފުޅުގައި ރައީސް ވަނީ ލަންކާގައި ދިރިއުޅެމުންދާ ދިވެހިންނާވެސް ބައްދަލު ކުރައްވާފައެވެ.
ރައީސް ސާލިހުގެ ޢާއިލާގެ ބައެއް ބޭފުޅުންވެސް ލަންކާގައި ދިރިއުޅުއްވަމުން ގެންދަވައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް