ޝިމްހާޒް ވަޒީފާއިން ވަކި ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން: އެމްޕީ ސިރާޖު

ސާވިސް ޗާޖުގެ އަދަދުގެ މައްސަލައިގާ ހޮނޑާފުށިން ވަޒީފާއިން ވަކިކުރި އަހުމަދު ޝިމްހާޒްގެ މައްސަލައިގާ ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖް ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. "މިކަމަކީ ބަލައިގަނެވޭނެ ކަ...

30 Dec 2019 | 08:45

ސާވިސް ޗާޖުގެ އަދަދުގެ މައްސަލައިގާ ހޮނޑާފުށިން ވަޒީފާއިން ވަކިކުރި އަހުމަދު ޝިމްހާޒްގެ މައްސަލައިގާ ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖް ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

"މިކަމަކީ ބަލައިގަނެވޭނެ ކަމެއްނޫން. މުވައްޒަފުންގެ ހައްގުތައް ރައްކާތެރި ކުރެވެންޖެހޭ.  " އެމްޕީ ސިރާޖު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވެއެވެ.

އެ ޓްވީޓްގައި ސިރާޖު އިތުރަށް ވިދާޅުވެފައިވަނީ ސަރވިސް ޗާޖަކީ މުވައްޒަފުންގެ ހައްގެއް ކަމަށާއި ހަމައަށް ސަރވިސް ޗާޖު ނުދޭނަމަ އެވާހަކަ ދައްކާނެ ކަމަށެވެ.

"ގާނޫނުގައި ބަޔާން ކޮއްފައިވާގޮތަށް ސަރވިސް ޗާޖު ނުދޭ ފަރާތްތަކަށް ފިޔަވަޅު އަޅަންޖެހޭ" އެ ޓްވީޓްގައި ސިރާޖު ވިދާޅުވެފައިވެއެވެ.

ކުރީގެ މަޖިލިސް މެންބަރު އަދި ވިޔަފާރިވެރިޔާ އަހުމަދު ހަމްޒާ އާއި ރައީސް އޮފީހުގެ މިނިސްޓަރު އަލީ ޝިޔާމްގެ ދެބެންގެ މަސްލަހަތު އޮންނަ ހދ. ހޮނޑާފުށި ރިސޯޓުން ނޮވެމްބަރު މަހުގެ ސާވިސްޗާޖުގެ ގޮތުގައި މުވައްޒަފުންނަށް ދޭން ނިންމާފައިވަނީ އެންމެ 11 ޑޮލަރެވެ. ޝިމްހާޒް ވަޒީފާއިން ވަކިކޮށް ރޭގެ ވަގުތެއްގައި އެ ރިސޯޓުން އޭނާ ބޭރުކުރީ އެކަން އާންމުކުރި ކަމުގެ ތުހުމަތުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް