އާލާސްކަންފުޅެއްގައި ރައީސް މައުމޫން އެޑްމިޓް ކޮށްފި

އާލާސްކަންފުޅަކާއި ގުޅިގެން، ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން އަބްދުލްގައްޔޫމް އެޑްމިޓް ކޮށްފިއެވެ. އެމަނިކުފާނު އެޑްމިޓް ކޮށްފައިވަނީ އައިޖީއެމް ހޮސްޕިޓަލުގައެވެ. ދުވަހަށް މައުލޫމާތުދެއްވަމުން މޯލ...

30 Dec 2019 | 07:22

އާލާސްކަންފުޅަކާއި ގުޅިގެން، ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން އަބްދުލްގައްޔޫމް އެޑްމިޓް ކޮށްފިއެވެ.

އެމަނިކުފާނު އެޑްމިޓް ކޮށްފައިވަނީ އައިޖީއެމް ހޮސްޕިޓަލުގައެވެ.

ދުވަހަށް މައުލޫމާތުދެއްވަމުން މޯލްޑިވްސް ރިފޯމް މޫވްމަންޓްގެ ސެކްރެޓަރީ ޖެނެރަލް އަބްދުލް އަލީމް ވިދާޅުވީ ރައީސް މައުމޫން އެޑްމިޓްކޮށްފައިވަނީ އާލާސްކަންފުޅެއްގައި އުޅުއްވާތީއެވެ. އަދި އެ އާލާސްކަންފުޅުގައި އުޅުއްވާތާ މިހާރު ފަސް ވަރަކަށް ދުވަސްވެފައިވާކަމަށް އަލީމް ވިދާޅުވިއެވެ.

އަލީމް އިތުރަށް ވިދާޅުވީ ރައީސް މައުމޫން ހޮސްޕިޓަލުގައި އެޑްމިޓް ކުރީ، ރޯގާ ދިގުލައިގެންދާތީ ޓެސްޓްތަކެއް ހެއްދެވުމަށް ކަމަށެވެ.

ރައީސް މައުމޫން އައިޖީއެމް ހޮސްޕިޓުގައި އެޑްމިޓްކޮށްފައިވާއިރު އެމަނިކުފާނުގެ މިހާރުގެ އުމުރުފުޅަކީ 82 އަހަރެވެ. 82 ވަނަ އުފަންދުވަސް ފާހަގަކޮށްފައިވަނީ އިއްޔެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް