އެމެރިކާގެ ޗާރޗަކަށް ހަމަލާދީ 2 މީހަކު މަރާލައިފި

އެމެރިކާގެ ޓެކްސަސްގެ ޗާރޗަކަށް ހަމަލާދީ 2 މީހަކު މަރާލައިފިއެވެ. މިއީ ހަތިޔާރު އަޅައިގެން ހުރި މީހަކު ކުށްލިއަކަށް އެތަނަށް ވަދެ، ދިން ބަޑީގެ ހަމަލާތަކެއް ކަމަށް އެމެރިކާގެ ނޫސްތަކުގައި ބުނެފައިވެއެވ...

30 Dec 2019 | 06:19

އެމެރިކާގެ ޓެކްސަސްގެ ޗާރޗަކަށް ހަމަލާދީ 2 މީހަކު މަރާލައިފިއެވެ.

މިއީ ހަތިޔާރު އަޅައިގެން ހުރި މީހަކު ކުށްލިއަކަށް އެތަނަށް ވަދެ، ދިން ބަޑީގެ ހަމަލާތަކެއް ކަމަށް އެމެރިކާގެ ނޫސްތަކުގައި ބުނެފައިވެއެވެ.

ވެސްޓް ފްރީވޭ ޗާރޗް އޮފް ކްރައިސްޓްގައި ހަރަކާތެއް ކުރިއަށްދަނިކޮށް އެތަނަށް ވަދެ ބަޑީގެ ހަމަލާތައް ދިން މީހާގެ ގަޔަށް ބަޑިޖަހާ މަރާލާފައިވާ ކަމަށްވެސް ނޫސްތަކުގައި ބުނެފައިވެއެވެ.

ޓެކްސަސްގެ ޗާރޗްގައި ބަޑީގެ ހަމަލާތައްދީފައިވަނީ އެ ޗާރޗްގައި ކުރިއަށްދިޔަ ހަރަކާތްތަކުގެ މަންޒަރުތައް ލައިވްސްޓްރީމްވެސް ކުރަމުންދިޔަ ވަގުތެކެވެ.

ދީނީ އަޅުކަން ކުރާ ތަންތަނަށް ހަތިޔާރު ހިފައިގެން ވަދެވޭ ގޮތަށް ޓެކްސަސްގެ ގާނޫނަށް އިސްލާހު ގެނައީ މިއަހަރުގެ ސެޕްޓެމްބަރުމަހުގެ ތެރޭގައެވެ.

މި ހަމަލާ ދީފައިވަނީ ނިއު ޔޯކް ސިޓީގައި ދިރިއުޅެމުންދިޔަ ޔަހޫދީ ދީނުގެ އިސް މީހެއްގެ ގެއަށް ހަތިޔާރާއެކު ވަތް މީހަކު، އެ ގޭގެ 5 މީހަކަށް ތޫނު އެއްޗަކުން ހަމަލާދީފައިވާ ދަނޑިވަޅެއްގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް