ދިިރާގުން ފޯރުކޮށްދޭ ޑިޖިޓަލް ހިދުމަތްތައް ފުޅާކޮށް ތަރައްގީކުރުމުގެ ގޮތުން ދިރާގު ޓީވީގެ ހިދުމަތް ނ. މަނަދޫގައި ދޭން ފަށައިފި އެވެ.
މަނަދޫގައި ދިރާގު ޓީވީ ތަޢާރަފުކޮށްފައިވަނީ ދިރާގު ކަސްޓަމަރުންނަށް ވަރަށް ޙާއްސަ ޕޮރޮމޯޝަންއެއް ހުޅުވާލާފައިވާ ދަނޑިވަޅެއްގައި ކަމަށް އެ ކުންފުނިން ބުނެ އެވެ. އަދި މި ޕްރޮމޯޝަން ކުރިޔަށްދާ މުއްދަތުގައި މަނަދޫން ދިރާގު ޓީވީ ހިދުމަތތަށް އެދޭ ފަރާތްތަކަށް މި ޕްރޮމޯޝަންގައި ބައިވެރިވެވޭނެ ކަމަށް ބުނެ އެވެ.
މިހާރު ކުރިއަށްދާ ޚާއްސަ ޕްރޮމޯޝަންގެ ދަށުން ދިރާގު ޓީވީގެ ގޯލްޑް ޕެކޭޖް ނަންގަވާ ކަސްޓަމަރުންގެ ތެރެއިން ހޮވާލެވޭ ނަސީބުވެރި އެއް ފަރާތަކަށް ސެމްސަންގްގެ އެންމެ ފަހުގެ ސްމާޓްފޯން، ޒީ ފޯލްޑް 3 ލިބިގެންދާނެއެވެ. މީގެ އިތުރުން، ސްޓާރޓަރ ޕެކޭޖުން މަތި ކޮންމެ ޕެކޭޖެއް ނަންގަވާ ފަރާތްތަކުގެ ތެރެއިން ހޮވާލެވޭ ނަސީބުވެރި 10 ފަރާތަކަށް ކަސްޓަމަރުގެ ޕެކޭޖުގެ 6 މަސް ދުވަހުގެ މަހުފީ މުޅިން ހިލޭ ލިބިގެންދާނެއެވެ.
މި މުއްދަތުގައި ދިރާގު ޓީވީގެ ޚިދުމަތައް އެދިލައްވައިގެން މުޅިން ހިލޭ ގުޅައިދިނުމުގެ އިތުރުން ޖޯއިބޮކްސްވެސް (ޑީކޯޑަރ) މުޅިން ހިލޭ ލިބިގެންދާނެއެވެ.
ދިރާގުން ބުނީ މިއީ ނ.މަނަދޫގެ ރައްޔިތުންނަށް އެންމެ މަގުބޫލު ޓީވީ އަދި މުނިފޫހިފިލުވުމުގެ ކޮންޓެންޓް އެއް ޕްލެޓްފޯމެއްގެ ދަށުން ބަލާލެވޭ ދިރާގު ޓީވީ އަށް ސަބްސްކްރައިބް ކޮށްލުމަށް ލިބޭ ރަނުގެ ފުރުސަތެއް ކަމަށެވެ. އެގޮތުން 100 އަށް ވުރެ ގިނަ ޗެނަލް ހިމެނޭ ދިރާގު ޓީވީ އަކީ ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ފޯރުކޮށްދޭ އައިޕީޓީވީގެ ޚިދުމަތެވެ.
ދިރާގު ޓީވީގައި ހިމެނޭ ޗެނަލްތަކުގެ ތެރޭގައި ކުޑަކުދިންގެ މެދުގައި އެންމެ މަޝްހޫރު ޑިޒްނީ ޗެނަލްތައް، ސްޓަރ ނެޓްވޯކުގެ ޑްރާމާ އަދި އެންޓަޓެއިންމަންޓް ޗެނެލްތައް، ސޮނީގެ އެންޓަޓެއިންމަންޓް އަދި ސްޕޯރޓްސް ޗެނަލްތައް، މަޤުބޫލު ފެކްޗުއަލް އެންޓަޓެއިންމަންޓް ޗެނަލްތައް ކަމަށްވާ ހިސްޓްރީ ޗެނަލް އަދި ޑިސްކަވަރީގެ ޗެނަލްތައް، ލައިފްސްޓައިލް ޗެނަލްތަކުގެ ތެރޭގައި ފުޑް ނެޓްވޯރކް އަދި އެޗު.ޖީ.ޓީ.ވީ ޗެނަލް، ހޮލީވުޑްގެ މަޤްބޫލު ފިލްމު ޗެނަލްތައް، ރާއްޖެއާއި ބޭރު ދުނިޔޭގެ ހަބަރު ޗެނަލްތައް، އަދި އަލް ޤްރުއާން އަލް ކަރީމް ފަދަ ދީނީ ޗެނަލްތައް ހިމެނެއެވެ.
ކޮލިޓީ ޗެނަލްތަކުގެ އަދަދު އަދި އަގުގައި އެއްވެސް ތަފާތު ކުރުމެއްނެތި ދިރާގުން ރާއްޖޭގެ 77 ޕަސެންޓު ގޭބިސީއަށް ދިރާގުޓީވީގެ ޚިދުމަތް މިހާރު ވަނީ ފޯރުކޮށްދެވިފައެވެ.
ދިރާގުން މައުލޫމާތުދޭގޮތުގައި އެ ކުންފުނިން އަބަދުވެސް ބަލަނީ އިނޮވޭޝަނާއި އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ކަސްޓަމަރުންގެ މުނިފޫހިފިލުވުމުގެ ބޭނުންތަކަށް ބަލައިގެން އެންމެ ފަހުގެ އަދި އެންމެ ކޮލިޓީ މުނިފޫހި ފިލުވުމުގެ ކޮންޓެންޓް ދިރާގު ޓީވީ މެދުވެރިކޮށް ގެނެސްދިނުމަށެވެ.
ދިރާގު ޓީވީއާ ބެހޭ އިތުރު މައުލޫމާތު ހޯއްދެވުމަށް ޒިޔާރަތް ކުރުމުން ލިބޭނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް