ރާއްޖެއިން އިތުރު 107 މީހުން ކޯވިޑް-19 އަށް ޕޮސިޓިވް ވެއްޖެ އެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިއަދު ޕޮސިޓިވްވެފައިވަނީ އަތޮޅުތެރެއިން 74 މީހުންނާއި މާލެއިން 24 މީހުން ކަމަށެވެ. ރިސޯޓުތަކުން ކޯވިޑް ޖެހިފައިވަނީ ނުވަ މީހުންނަށެވެ.
ކޯވިޑަށް މިއަދު ޓެސްޓުކޮށްފައިވަނީ 3،561 ސާމްޕަލެވެ.
އެޗްޕީއޭއިން ބުނީ މިވަގުތު ކޯވިޑް-19 ޖެހިގެން ފަރުވާ ދެމުންދަނީ 1،613 މީހުންނަށް ކަމަށެވެ. އޭގެ ތެރެއިން ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުން ދަނީ 11 މީހުންނަށެވެ.
ކޯވިޑް ޖެހުނު މީހުންގެ ތެރެއިން 89،774 މީހުން ވަނީ ބަލިން ރަނގަޅުވެފައި އެވެ.
ކޯވިޑްގައި މަރުވި މީހުންގެ އަދަދު މިއަދު ވަނީ 250 އަށް އަރާފަ އެވެ.
ރާއްޖެއިން މިހާތަނަށް ކޯވިޑް ޖެހިފައިވަނީ 91،650 މީހުންނަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް