ތިމާވެއްޓާއި ރައްޓެހި މިނީ ބަހާއި ޗާޖިން ސްޓޭޝަންގެ ހިދުމަތް ދިނުމަށް ޓްރާންސްޕޯޓު މިނިސްޓްރީ އާއި އެންވަޔަރަމަންޓު މިނިސްޓްރީން ސޮއިކޮށްފި އެވެ.
އެންވަޔަރަމަންޓް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި އެ އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރު އައިމިނަތު ޝައުނާއެވެ. ޓްރާންސްޕޯޓު
މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރު އައިޝަތު ނަހުލާ އެވެ.
ރާއްޖޭއަށް އަލަށް ތައާރަފްކުރާ އިލްކެޓްރިކް ބަހުގެ ނިޒާމަކީ ތިމާވެއްޓާ ރައްޓެހި އުޅަނދުތަކެއް ތައާރަފްކޮށް، އިލްޓްރިކް މޮބިލިޓީ ކުރިއަރުވައި، ދެމެހެއްޓެނިވި ދަތުރުފަތުރުގެ ނިޒާމެއް ގާއިމު ކުރުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން ވެނުނު އެއްބަސްވުމެކެވެ.
އެ މަޝްރޫއުގެ ދަށުން ދެ މިނީ ބަހާއި، އެއް ޗާޖިން ސްޓޭޝަން ގަތުމަށް ވަނީ ނިންމާފައެވެ. އެ ބަސްތައް ބޭނުން ކުރާނީ މާލެ ސަރަހައްދުގައެވެ. އެ އެއްބަސްވުމުގެ ދަށުން މާލޭ ސަރަހައްދަށް ބޭނުންވާ އިންޓްރަގްރޭޓެޑް ޓްރާންސްޕޯޓް މާސްޓާ ޕްލޭން ތައްޔާރު ކުރުމުގެ މަސައްކަތްވެސް ކުރާނެއެވެ.
އެންވަޔަރަމެންޓް މިނިސްޓްރީން ބުނީ އެ ހިދުމަތް ފެށޭނީ އަންނަ އަހަރުގެ މެދުތެރޭގައި ކަމަށެވެ.
އޭގެ އިތުރުން ސަސްޓެއިނަބްލް ޓްރާންސްޕޯޓު ސިސްޓަމެއް ގާއިމްކުރުމަށާއި ހުޅުމާލޭގައި އެހެން މީހުންނަށް ވެސް ބޭނުންކުރެވޭ ބައިސްކަލް ސްކީމެއް ގާއިމްކުރަން ވަނީ ނިންމައިފަ އެވެ. އެ ސްކީމުގައި 200 ބައިސްކަލް ހިމެނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް