ރާއްޖެއިން ފަތުރުވެރިންނަށް ލިބޭ ތަފާތު ތަޖުރިބާތައް ނޯޑިކް ސަރަހައްދުގެ ޓްރެވަލް ޓްރޭޑްއާއެކު ކުރިއަށް ގެންދިޔަ ވެބިނާއެއްގައި ހިއްސާކޮށްފި އެވެ.
އެއް ގަޑިއިރުގެމި ވެބިނާ ސެޝަން ކުރިއަށް ގެންދިޔައީ މި މަހުގެ 30 ވަނަ ދުވަހު އެވެ.
މިއީ ނޯޑިކް މާކެޓުގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ހާއްސަކޮށް ކުރިއަށް ގެންދާ ވެބިނާ ސިލްސިލާއެއްގެ 2 ވަނަ ސެޝަނެވެ. މި ވެބިނާ ސީރީޒްގެ މަޤްސަދަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ އެންމެ ފަހުގެ މަޢުލޫމާތު ނޯޑިކް މާކެޓުގެ ފަތުރުވެރިކަމުގެ ދާއިރާގައި ހިމެނޭ ފަރާތްތަކާއި ފަތުރުވެރިންނަށް ފޯރުކޮށްދިނުމެވެ. އަދި ރާއްޖެއަށް މި މާކެޓުގެ ފަތުރުވެރިންގެ މެދުގައި އޮންނަ މަޤުބޫލުކަން އިތުރުކުރުމެވެ.
މިގޮތުން މި ސިލްސިލާގެ ދެވަނަ ސެޝަން ބާއްވާފައިވަނީ "މޯލްޑިވްސް - އަ ސޭފް ހޭވަން ވިތް ޔުނީކް އެކްސްޕީރިއަންސް" ތީމުގެ ދަށުން ނެވެ.
މި ސެޝަން ފެށުމުގެ ގޮތުން ވާހަކަ ދައްކަވަމުން އެމްއެމްޕީއާރުސީގެ ސީއީއޯ އަދި އެމްޑީ ތޮއްޔިބް މުހައްމަދު ވަނީ ރާއްޖެއަކީ ރައްކާތެރި އަދި ތަފާތު ތަޖުރިބާތައް ފަތުރުވެރިންނަށް ފޯރުކޮށްދޭ މަންޒިލެއްކަން ފާހަގަކުރައްވާފަ އެވެ.
ޚާއްސަކޮށް ރާއްޖޭގެ ރިޒޯޓް، ހޮޓެލް، ގެސްޓްހައުސް އަދި ލިވަބޯޑުތަކުގައި އެޅިފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއި މަންޒިލުން ފަތުރުވެރިންނަށް ލިބޭ ތަފާތު އެކި ޚިދުމަތްތަކާއި ތަޖުރިބާތަކުގެ ވާހަކަތައް ތޮއްޔިބް ވަނީ ބައިވެރިންނާ ހިއްސާކުރައްވާފަ އެވެ.
މި ވެބިނާ ސެޝަންގައި އެމްއެމްޕީއާރުސީއާއެކު ކެނޮޕިސް މޯލްޑިވިސް އަދި ސެންޓާ ހޮޓެލްސް އެންޑް ރިސޯޓްސް ބައިވެރިވި އެވެ.
ރާއްޖޭގެ ޕްރެޒެންޓޭޝަނެއް ދިން މި ސެޝަންގެ ތެރެއިން ވަކިވަކި އިންޑަސްޓްރީ ޕާޓްނަރުން ވަނީ އެ ފަރާތްތަކުން ފަތުރުވެރިންނަށްދޭ ހިދުމަތްތަކާ ބެހޭ މަޢުލޫމާތުވެސް ހިއްސާކޮށްފަ އެވެ.
މި ސިލްސިލާގެ ފުރަތަމަ ސެޝަން ބާއްވާފައިވަނީ މިދިޔަ ސެޕްޓެންބަރު މަހުގެ ތެރޭގަ އެވެ. އެ ސެޝަން ހާއްސަކުރީ "ކަނެޓް ވިތް މޯލްޑިވްސް - ޔޯ ސޭފް ހޭވަން" އެގެ މައުލޫއަށެވެ.
ރާއްޖޭގެ އާންމު މައުލޫމަތާއި، ރާއްޖެއަށް ދަތުރުކުރުމުގެ ގަވައިދުތަކާއި، ރައްކާތެރިކަމުގެ ގޮތުން ރާއްޖޭގައި އަޅާފައިވާ ހަރުދަނާ ފިޔަވަޅުތަކުގެ މައުލޫމާތު ފުރަތަމަ ސެޝަންގައި ބައިވެރިވި ވެބިނާގެ ފަރާތްތަކާއިވަނީ ހިއްސާކޮށްފަ އެވެ. އަދި ރާއްޖޭގެ ޕެކޭޖްތައް ނޯޑިކް ފަތުރުވެރިންނަށް ވިއްކޭނެ ގޮތްތައް ވަނީ ބުނެދީފަ އެވެ.
މި ސިލްސިލާގެ ކޮންމެ ވެބިނާ ސެޝަނެއްގައި ނޯޑިކް ސަރަހައްދުގެ ބޮޑެތި ޓްރެވަލް އެޖެންޓުން ބައިވެރިވާނެކަމަށް ބެލެވެއެވެ. މި ސިލްސިލާގެ އެންމެ ފަހު ސެޝަން ބޭއްވުމަށް ހަމަޖެހިފައި ވަނީ "ލޯކަލް އައިލެންޑްސް، ލޯކަލް އެކްސްޕީރިއަންސަސް" ގެ މައްޗަށެވެ.
މި ސިލްސިލާގެ ކޮންމެ ވެބިނާ ސެޝަނެއްގައި ނޯޑިކް ސަރަހައްދުގެ ބޮޑެތި ޓްރެވަލް އެޖެންޓުން ބައިވެރިވާނެކަމަށް ބެލެވެއެވެ. މި ސިލްސިލާގެ އެންމެ ފަހު ސެޝަން ބޭއްވުމަށް ހަމަޖެހިފައި ވަނީ "ލޯކަލް އައިލެންޑްސް، ލޯކަލް އެކްސްޕީރިއަންސަސް" ގެ މައްޗަށެވެ.
އެމްއެމްޕީއާރުސީއިން ދަނީ ރާއްޖޭގެ މަޤުބޫލުކަން އިތުރުކުރުމަށްޓަކައި އެކި މާކެޓްތަކުގައި ބާއްވާ ގިނަ ހަރަކާތްތަކުގައި ބައިވެރިވަމުން ނެވެ. އަދި ބައެއް މާކެޓުތަކަށް އަމާޒުކޮށް ވެބިނާ، ރޯޑްޝޯތަކާއި ފެމިލިއަރައިޒޭޝަން ޓްރިޕްތައް ބާއްވަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް