ހިޔާ ފުލެޓްތަކުގެ ފެން ބިލާ ގުޅޭ ގޮތުން ކަސްޓަމަރުުންނަށް މައުލޫމާތު ދިނުމަށްޓަކައި ހިޔާ ފުލެޓް ޓަވަރ 13 ގައި އެމް.ޑަބްލިޔު.އެސް.ސީ އިން މިއަދު ހެލްޕް ޑެސްކެއް ގާއިމްކޮށްފި އެވެ.
އެމް.ޑަބްލިޔު.އެސް.ސީ އިން ވިދާޅުވީ މި ހެލްޕް ޑެސްކް ގާއިމްކުރެވިފައިވަނީ މި ހިނގާ ނޮވެމްބަރު މަހުގެ 30 އިން ފެށިގެން ޑިސެމްބަރު މަހުގެ 4 ވަނަ ދުވަހާއި ހަމައަށް ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހަކު މެންދުރު 13:00 އިން ހަވީރު 17:00 އަށް ކަމަށެވެ.
އެ ކުންފުނިން ވިދާޅުވީ މި ހެލްޕް ޑެސްކް ގާއިމްކުރުމުގެ މަގުސަދަކީ ހިޔާ ފުލެޓުތަކުގައި ދިރިއުޅޭ ފަރާތްތަކަށް ލުއިފަސޭހަ ކަމާއެކު ފެން މީޓަރު ރަޖިސްޓަރ ކުރުމުގެ ފުރުސަތު ދިނުމާއި، އެފަރާތްތަކަށް ވީހާވެސް ގާތުން ފެން ބިލާ ގުޅޭ މުހިންމު މައުލޫމާތު ފޯރުކޮށް ދިނުން ކަމަށެވެ.
އެގޮތުން ހިޔާ ފުލެޓްގެ ފެން މީޓަރު ރަޖިސްޓްރީ ކޮށްލުމަށް ވެރިފަރާތުގެ އައި.ޑީ ކާާޑާއި އަދި ހިޔާ ފުލެޓް އެގްރީމަންޓްގެ ޞަފްޙާ 29 ގެނައުމުން ފެން މީޓަރު ރަޖިސްޓްރީ ކޮށްދެވޭނެ އެވެެ.
އެމް.ޑަބްލިޔު.އެސް.ސީ އިން ވިދާޅުވީ މި ހެލްޕް ޑެސްކް މެދުވެރިކޮށް ކަސްޓަމަރުންނަށް ފެން ބިލާ ގުޅޭގޮތުން އޮޅުންފިލުވަން ބޭނުންވާ މަޢުލޫމާތު ސާފު ކުރުމާއި، ފުލެޓް ތަކުގެ ފެން މީޓަރު ރަޖިސްޓަރ ކުރުމާއި އަދި އެކުންފުނީގެ ލީނިޔަންސީ ޕޮލިސީ މެދުވެރިކޮށް މަސް މަހަށް ބަހާލައިގެން ފައިސާ ދެއްކޭ ސްކީމަށްވެސް އެދިލެއްވޭނެ ކަމުގައެވެ.
މީގެ އިތުރުން އެޕާޓްމަންޓް ތަކުގައި ފެން ލީކެއް އުޅޭކަން ދެނެގަންނާނެ ގޮތްތަކާއި، ފެން ލީކެއް އުޅޭކަން ފާހަގަ ކުރެވޭނަމަ ދެން ކަންތައްކުރަންވީ ގޮތުގެ މަޢުލޫމާތު ވެސް ކަސްޓަމަރުންނަށް ހިއްސާ ކުރެވޭނެއެވެ.
އެ ކުންފުނިން މަޢުލޫމާތު ދެެއްވާ ގޮތުގައި ހިޔާ ފުލެޓްތަކުގެ ފެން ބިލާ ގުޅޭ ގޮތުން ގާއިމްކުރެވުނު ހެލްޕް ޑެސްކުގެ އިތުރުން، 7962395 އަށް ގުޅުމުން، ނުވަތަ ވައިބަރ މެދުވެރިކޮށް މެސެޖް ކޮށްލުމުންވެސް ފެން ބިލުތަކާއި ގުޅޭ މަޢުލޫމާތު ސާފުކުރެވޭނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް