މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އާއި މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެންޑް މިނިސްޓްރީ އިން އެމްޕީއެލް އާއި އެކު މިއަދު އެއްބަސްވުމެއްގައި ސޮއި ކޮށްފި އެވެ.
މިއީ ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން 78 ޒުވާނުންނަށް މަސައްކަތުގެ މާހައުލުގައި ތިބެގެން ތަމްރީނާއި ތަޖުރިބާ ހޯދުމުގެ ފުރުސަތު ފަހި ކޮށްދިނުމަށް ވެވުނު އެއްބަސްވުމެކެވެ.
މި ރަސްމިއްޔާތުގައި ވާހަަކަ ދައްކަވަމުން އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވީ ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ މައިގަނޑު މަޤްސަދަކީ ޕޯޓް އޮޕަރޭޓް ކުރުމުގެ އެދި ދާއިރާތަކުގައި ހުރި ވަޒީފާގެ ފުރުސަތުތައް ދިވެހިނަށް ފަހިކޮށްދިނުން ކަމުގަ އެވެ.
މި އެއްބަސްވުމުގެ ދަށުން އެމްޕީއެލްއިން 78 ޒުވާނުން ތަމްރީން ކުރާނެ ކަމުގައި ޝާހިދު ވިދާޅުވި އެވެ.
މީގެ އިތުރުން، އެމްޕީއެލްގެ ތަމްރީންތަކުގައި އެކުދިން ހަ މަސްދުވަސް ހޭދަކުރަން ޖެހޭނެ ކަން ހާމަ ކުރައްވާ ޝާހިދު ވިދާޅުވީ ކޮންމެ މަހަކު 5000 ރުފިޔާގެ އެލެވެންސެއް އެކުދިންނަށް ފޯރުކޮށް ދެވޭނެ ކަމުގަ އެވެ.
ޔޫތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހުސެން އިސްމާއީލް ވިދާޅުވީ މި ޕްރޮގްރާމްގެ މަޤްސަދަކީ ސްކޫލް ނިންމުމަށްފަހު ވަޒީފާއެއް ނުލިބިގެން އުޅޭ ކުދިންނަށް އެހީވުން ކަމުގަ އެވެ. އެގޮތުން އަންނަ އަހަރުގެ މެދުތެރެއާއި ހަމައަށް 3000 ކުދިން ތަމްރީނު ކުރުމުގެ އަމާޒު ހާސިލް ކުރާނެ ކަމުގައި ވިދާޅުވި އެވެ.
މި އެއްބަސްވުމުގައި އެމްޕީއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ ޝާހިދު އަލީ އެވެ. ޔޫތް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު ހުސައިން އިސްމާއީލެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް