ގާދިއްފުށީ ފެނާއި ނަރުދަމާގެ މަޝްރޫޢު ބާރު ސްޕީޑުގައި ކުރިއަށް

ތ. ގާދިއްފުށީ ފެނާއި ނަރުދަމާގެ މަޝްރޫޢު ފެށިގެން ބާރު ސްޕީޑުގައި ކުރިއަށް ދާ ދާކަމަށް އެ މަސައްކަތް ކުރިއަށް ގެންދާ ކުންފުނި ކަމުގައިވާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސ...

30 Nov 2021 | 11:37

ތ. ގާދިއްފުށީ ފެނާއި ނަރުދަމާގެ މަޝްރޫޢު ފެށިގެން ބާރު ސްޕީޑުގައި ކުރިއަށް ދާ ދާކަމަށް އެ މަސައްކަތް ކުރިއަށް ގެންދާ ކުންފުނި ކަމުގައިވާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ވިދާޅުވެއްޖެ އެވެ.

އެމްޓީސީސީން މަޢުލޫމާތު ދެއްވާ ގޮތުގައި މި މަޝްރޫގެ ދަށުން ނަރުދަމާ ހޮޅި ވަޅުލުމުގެ މަސައްކަތް ފަށާފައިވަނީ 29 ނޮވެމްބަރު 2021 ވަނަ ދުވަހު އެވެ. އަދި އާރްއޯ ޕްލާންޓް އެޑްމިން އިމާރާތުގެ މަސައްކަތުގެ 57 އިންސައްތަ ނިމިފައިވާ ކަމަށް ވެސް އެމްޓީސީސީން ވިދާޅުވެއެވެ.

މި މަޝްރޫޢޫގެ ދަށުން، 4070 މީޓަރު ދިގު ނަރުދަމާ ވިއުގައެއް ޤާއިމުކުރުމާއި، ނަރުދަމާގެ ޕަމްޕް ސްޓޭޝަނުން 210 މީޓަރުގެ ހޮޅި ގުޅުމާއި، ޕަމްޕް ސްޓޭޝަން ޤާއިމުކުރުމުގެ މަސައްކަތް ހިމެނޭ ކަމުގައި އެމްޓީސީސީން ވިދާޅުވެއެވެ.

މިއީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގް އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓީސީސީ އާއި ހަވާލުކޮށްގެން ކުރިއަށްގެންދާ 20.9 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް