ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްސަލައިގައި މިއަދު ސްޕްރީމް ކޯޓުން އިއްވި ހުކުމުން ސާފުވަނީ ތަހުގީގީ އިދާރާތައް ހަރުދަނާ ކުރަންޖެހޭ ކަން ކަމުގައި ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު ވިދާޅުވެއްޖެއެވެ.
ސިރާޖު މިހެން ވިދާޅުވީ އެމްއެމްޕީއާރުސީގެ ހިޔާނަތާއި ގުޅިގެން، ކުރީގެ ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވާ މަނީލޯންޑާ ކުރިކަމުގެ ކުށް ސާބިތު ނުވާ ކަމަށް ނިންމާ ސުޕްރީމް ކޯޓުން މިއަދު ހުކުމް ކޮށްފައި ވާތީ އެވެ.
މިކަމަށް އިޝާރަތް ކުރައްވާ ސިރާޖު ކުރެެއްވި ޓްވީޓްގައި ވިދާޅުވީ، ފަނޑިޔާރުގޭގެ ހުކުމް ސާފު ކަމަށާއި، ސިޔާސީ މީހަކަަށް ވީތީ އިންސާފުން ބޭރުން ހުކުމެއް ނީއްވާނެ ކަމަށާއި އަދި ނީއްވޭނެ ކަމުގައެވެ. މީގެ އިތުރުން، ހުކުމުން ސާފުވީ ތަހުގީގީ އިދާރާތައް ހަރުދަނާކުރަންޖެހޭ ކަމާއި، ދައުވާ އުފުލުމުގައި ހަރުދަނާ ވާންޖެހޭކަން ކަމުގައެވެ.
އަދި ބޮޑެތި ގިނަ މައްސަަލަތައް ގެއްލެނީ ތަހުގީގު ކުރުމުގައި ހެދޭ ގޯސްތައް ގިނަކަމުން ކަމުގައި ޤާނޫނީ ވަކީލް ކަމުގެ ފާސް ނަންގަަވައިގެން ހުންނެވި އެމްޕީ ސިރާޖް ފާހަގަ ކުރެެއްވިއެވެ.
ގއ. ވޮޑަމުއްލާގައި ޓޫރިސްޓް ރިސޯޓެއް ތަރައްގީ ކުރުމަށް ކުއްޔަށް ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ އެއް މިލިއަން ޑޮލަރު ލޯންޑާ ކުރިކަން ސާބިތުވެ، ރައީސް ޔާމީން ފަސް އަހަރަށް ޖަލަށް ލުމަށާއި ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ، ނޮވެމްބަރު 28، 2019ގަ އެވެ.
މި މައްސަލައިގައި ކްރިމިނަލް ކޯޓުން އިއްވި ފަސް އަހަރުގެ ޖަލު ހުކުމް ބާޠިލްކޮށް ސްޕްރީމް ކޯޓުން ވަނީ ޔާމީން މިނިވަން ކޮށްފައެވެ.
ސްޕްރީމް ކޯޓުގައި މި މައްސަލަ ބައްލަވާ ބެންޗުގެ ރިޔާސަތުގައި އިންނެވީ ފަނޑިޔާރު މަހާޒް އަލީ ޒާހިރުއެވެ. އޭނާގެ ރައުޔަށް ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމާއި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު ވަނީ ތާއީދު ކުރައްވާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް