ހިޔާ ފްލެޓުތަކުން އުކާލާ ކުންޏަށް ބިލް ކުރަން ފަށާ ތާރީހު ވެމްކޯއިން ފަސްކޮށްފި

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ ހިޔާ ފްލެޓުތަކުން އުކާލާ ކުންޏަށް ބިލް ކުރަން ފަށާ ތާރީހު ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން (ވެމްކޯ) އިން ފަސްކޮށްފި އެވެ. ކުރިން އެ ކުންފުނިން ހަމަޖައްސާ...

30 Nov 2021 | 07:13

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ ހިޔާ ފްލެޓުތަކުން އުކާލާ ކުންޏަށް ބިލް ކުރަން ފަށާ ތާރީހު ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން (ވެމްކޯ) އިން ފަސްކޮށްފި އެވެ.

ކުރިން އެ ކުންފުނިން ހަމަޖައްސާފައި އޮތް ގޮތުން މި މަހުން ފެށިގެން ފްލެޓުތަކުގެ ކުނި އުކުމުގެ ހިދުމަތަށް ބިލް ކުރަން ފަށާނެ ކަމަށެވެ. އެގޮތަށް އަންގާފައިވަނީ ހިދުމަތް ހޯދުމަށް  ވެމްކޯގެ 'ހައުސްހޯލްޑް' ކަލެކްޝަން ހިދުމަތުގެ ފޯމުގައި އެވެ.

ވެމްކޯއިން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ އެ މުއްދަތު މިހާރު އަންނަ ޖެނުއަރީ އެއް ވަނަ ދުވަހަށް ބަދަލު ކޮށްފައިވާ ކަމަށެވެ. މި ބަދަލު ގެނައީ ހުޅުމާލޭ ފޭސް ދޭއްގައި ރައްޔިތުން އާބާދުވާ ވަރަށް ބަލައި، ހިޔާ ފްލެޓްގައި ދިރިއުޅޭ ކަސްޓަމަރުންނަށް އިތުރަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން ކަމަށް ވެމްކޯއިން ބުނެ އެވެ.

މިދިޔަ ސެޕްޓެމްބަރު މަހު ފްލެޓުތަކަށް މީހުން ބަދަލުވާން ފެށުމާއި އެކު ހިޔާ ފްލެޓުތައް ހިމެނޭ ސަރަހައްދުގައި ކުނި ގިނަވެ ބޮޑެތި ކުނިފުނިތަކެއް އުފެދުނެވެ. އެތަންތަން އެންމެ ފުރަތަމަ ސާފު ކުރީ ހައުސިން ޑިވެކޮޕްމެންޓު ކޯޕަރޭޝަން (އެޗްޑީސީ) އިންނެވެ.

ވެމްކޯއިން ހިޔާ ފްލެޓުތަކުގެ ކުނި ނަގަން ފެށީ މިދިޔަ މަހުން ފެށިގެންނެވެ.

މީގެ އިތުރުން ވެމްކޯއިން ވަނީ ހުޅުމާލޭ ފުރަަތަމަ ފިޔަވަހީގެ ގޭބިސީތަކުން ކުނި ނަގާ ވަގުތަށް ބަދަލު ގެނެސްފަ އެވެ. އެ ކުންފުނިން ބުނީ ދެން ގޭބިސީތަކުން ކޮންމެ ދުވަހަކު ކުނި ނެރެން ޖެހޭނީ ހަވީރު 5:00 ގައި ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް