ޤައުމީ ޝިޕިންގ ކުންފުނިން އިތުރު ބޯޓެއް ރާއްޖެ ގެންނަނީ

ރާއްޖޭގެ އެންމެ ބޮޑު ކުންފުނި އެސްޓީއޯގެ ޝިޕިން ކުންފުނި، މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް) ކުންފުނިން އިތުރު ބޯޓެއް އަންނަ އަހަރުގެ ޖެނުއަރީ މަހުގައި ރާއްޖެ ގެންނާނެ ކަމުގައި އެސްޓީއޯގެ މެނޭޖިނ...

30 Nov 2021 | 07:11

ރާއްޖޭގެ އެންމެ ބޮޑު ކުންފުނި އެސްޓީއޯގެ ޝިޕިން ކުންފުނި، މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް) ކުންފުނިން އިތުރު ބޯޓެއް އަންނަ އަހަރުގެ ޖެނުއަރީ މަހުގައި ރާއްޖެ ގެންނާނެ ކަމުގައި އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރު ހުސައިން އަމްރު ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާ ޕީއެސްއެމްގައި ވާހަކަ ދައްކަވަމުން އަމްރު ވިދާޅުވީ 2019 ވަނަ އަހަރު ރަޖިސްޓްރީ ކުރެވިގެން ދިޔަ އެމްއެސްއެސް ގެ ދެވަނަ ބޯޓު އެ އަންނަ އަހަރުގެ ޖެނުއަރީ މަހުގައި ރާއްޖެ އަންނާނެ ކަމަށެވެ.

މި ބޯޓަކީ އެމްއެސްއެސްގައި މިހާރު އޮތް ބޯޓު "އެމްއެސްއެސް ގެލީނާ" ވުރެ ޖާގަ ތަނަވަސް ބޯޓެއް ކަމުގައި އަމްރު ވިދާޅުވިއެވެ.

އެގޮތުން އަމްރު ވިދާޅުވީ މި ފަަހަރު ގެންނަ ބޯޓަކީ ބަލްކް ކެރިއާ ވެސެލް އެއް ކަމުގައެވެ. އަދި މި އުޅަނދަކީ 45،000 މެޓްރިކް ޓަނުގެ އުޅަނދެެއް ކަމުގައި ވިދާޅުވިއެވެ.

އަމްރު ފާހަގަ ކުރެއްވި ގޮތުގައި ޤައުމީ ޝިޕިން ކުންފުނީގެ އަމިއްލަ ބޯޓެއް ކަމުގައިވާ ކުންފުނީގެ ދެވަަނަ ބޯޓު ލިބުމުން ދިވެހި ރާއްޖެއަށް ތަކެތި ޑައިރެކްޓް ކޮށް ގެނެެވޭނެއެވެ. އެހެންކަމުން ކޮންސްޓްރަކްޝަން ސާމާނުގެ އަސާސީ ތަކެތި އަގު ބޮޑު ވިޔަ ނުދީ ހިފެހެއްޓޭނެއެވެ.

ޤައުމީ ޝިޕިން ކުންފުނީގެ އަމިއްލަ ފުރަތަމަ ބޯޓު ކަމުގައިވާ އެމްއެސްއެސް ގެލީނާ އަކީ 780 ކޮންޓެއިނާ ޖާގަ އާއި 60 ޓަނުގެ ކްރޭން އަދި 60 ފީފާ އުފުލޭވަރުގެ ބޯޓެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް