މަނީލޯންޑަރިންގެ ކުށުގައި ރައީސް ޔާމީން ޖޫރިމަނާކުރި އަދަދު ގާނޫނާ ޚިލާފު ކަމަށް ފަނޑިޔާރު މަހާޒް އަލީ ޒާހިރު ވިދާޅުވެއްޖެ އެވެ.
އޭނާ މިހެން ވިދާޅުވީ ރައީސް ޔާމީންގެ މައްޗަށް އިއްވާފައިވާ ހުކުމާއިމެދު ގޮތެއް ނިންމާ، ހުކުމް އިއްވުމަށް މިހާެރުކުރިއަށް ގެންދާ ޝަރީއަތުގަ އެވެ.
ފަނޑިޔާރު މަހާޒު ވިދާޅުވީ މަނީލޯންޑަރިންގެ ކުށުގައި ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލްގައްޔޫމުގެ މައްޗަށް އުފުލައިފައިވާ މަނީ ލޯންޑަރިންގެ ދައުވާއިން އެމަނިކުފާނު ދިފާއު ވުމަށް ލިބިދީފައިވާ ހައްގަށް އުނިކަމެއް އައިސްފައި ނުވާ ކަމަށެވެ. އަދި ދިފާއުވުމުގެ ހައްގަށް އުނިކަމެއް އައިސްފައިވާ ނަމަ އޭނާގެ ރައުޔު ތަފާތު ވާނެ ކަމަށެވެ.
އެ މައްސަލައިގެ ޝަރީއަތުގައި ރައީސް ޔާމީނަށް ހަމަހަމަކަން ނުލިބޭ ކަމަށް ބުނާ މައްސަލައިގައި އިތުރަށް ނިންމަން ޖެހޭ ނިންމުމެއް ނެތް ކަމަށް ވެސް ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒް އަލީ ޒާހިރު ވަނީ ވިދާޅުވެފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް