އެ ސީރީޒުގެ ވެބް ސީރީޒުގެ ދެވަނަ އުފެއްދުން "ބައްދަލު" ގެ ޝޫޓިންގ ފަށައިފި

ޔޫއްޕެ ޕްރޮޑަކްޝަނާއި ޝައި ޕްރޮޑަކްޝަނުން ގެނެސްދޭ ވެބް ސީރީޒްތަކުގެ ތެރޭގައި ހިމެނޭ ދެވަނަ އުފެއްދުން "ބައްދަލު" ގެ ޝޫޓިންގ ފަށައިފި އެވެ. 'ބައްދަލު' ގެ ޝޫޓިންގ އާބެހޭގޮތުން މާބޮޑު ތަފްސީލެއް ހާމަކުރ...

30 Nov 2021 | 05:18

ޔޫއްޕެ ޕްރޮޑަކްޝަނާއި ޝައި ޕްރޮޑަކްޝަނުން ގެނެސްދޭ ވެބް ސީރީޒްތަކުގެ ތެރޭގައި ހިމެނޭ ދެވަނަ އުފެއްދުން "ބައްދަލު" ގެ ޝޫޓިންގ ފަށައިފި އެވެ.

'ބައްދަލު' ގެ ޝޫޓިންގ އާބެހޭގޮތުން މާބޮޑު ތަފްސީލެއް ހާމަކުރަން ޕްރޮޑަކްޝަން ޓީމުން ބޭނުންނުވިޔަސް، އެފަރާތުން ބުނީ މި ވެބް ސީރީޒުން ވެސް ބެލުންތެރިންނަށް ކަމުދާނެ އުފެއްދުމެއް ފެންނާނެ ކަމަށެވެ.

"އަޅުގަނޑުމެން މި ހަދަނީ ކުރު ފިލްމުތަކެއް. ކޮންމެ ފިލްމަކީ ވެސް ތަފާތު ސްޓޯރީއެއް. އަދި ކޮންމެ ފިލްމެއްގައި ވެސް މިދާއިރާއަށް އަލަށް ތަޢާރަފްކުރާ ފަންނާނުން ފެންނާނެ." ޝައި ޕްރޮޑަކްޝަންގެ ފަރާތުން ޝަފީގު ވިދާޅުވި އެވެ.

"ބައްދަލު" ގައި ހަރަކާތްތެރިވަނީ ކޮން ތަރިންނެއްކަމެއް ހާމައެއް ނުކުރިނަމަވެސް 'ދުވަސްއެމްވީ' އަށް ހިއްސާކޮށްފައިވާ ފޮޓޯތަކުން ހާމަވާގޮތުގައި ރާއްޖޭގައި އެފަދަ ދެވަނައެއް ނުވާ ހުނަރުވެރި ތަރި އަހްމަދު އީސަ (އާނަންދު) ފެނެއެެވެ.

މި ފިލްމުގައި އާނަންދު އުޅޭ ކަމަށް ޝަފީގު ވިދާޅުވިނަމަވެސް އިތުރު ތަފްސީލެއް ނުދެއްވަ އެވެ. އަދި އިތުރު ތަރިންނަކޯ ކޮބައިކަން އަދިމާއަވަސް ކަމަށް ވެސް ޝަފީގު ވިދާޅުވި އެވެ.

"ހަމަޔަގީނުން ވެސް އާނަންދު އުޅޭނެ. ދެން އެހެން ތަރިންނަކީ ކޮބައިކަން ބުނަން އަދިއަވަސް." ޝަފީގު ވިދާޅުވި އެވެ.

"ބައްދަލު" މި ފިލްމަކީ "ފޯން ކޯލް" ގެ ނަމުގައި ޕޯސްޓަރ ނެރެފައިވާ ފިލްމެވެ. މި ފިލްމު ޑައިރެކްޓު ކުރަނީ ކުޅަދާނަ އެކްޓަރ އިބްރާހިމް ޖިހާދު (ޖިމީ) އެވެ.

އެ ސީރީޒްގެ ފުރަތަމަ ސަފުހާގައި ގެނެސްދޭ ވެބް ސީރީޒް “ބޭބީ” ގެ ޓީޒަރ މިހާރުދައްކާލާފައިވާ އިރު، ބޭބީ” ގެ މުހިންމު ރޯލުތަކުން ފެންނަ ފަންނާނުންގެ ތެރޭގައި އިބްރާހިމް ޖިހާދު (ޖިމީ) އާއި ފިލްމީ ދާއިރާއަށް އަލަށް ތައާރަފު ކުރާ އިބްރާހިމް ޔައީޝް އާއި އައިމިނަތު ޝުހާ ހިމެނެ އެވެ. އަދި މުހައްމަދު އަފްރާހު ވެސް ހިމެނެ އެވެ.

އެ ސީރީޒްގައި ގެނެސްދިނުމަށް ނިންމާފައިވަނީ ފޯން ކޯލް (ބައްދަލު)، އާޓިސްޓް، ސާރވަންޓް، ލިފްޓް، ޝެޑޯ، ބެސްޓް ފްރެންޑް އަދި ބެލް އެވެ.

މި ވެބް ސީރީޒް ދައްކާނެ ޕްލެޓްފޯމެއް އަދި ތާރީޚެއް ނިންމާފައެއް ނުވެއެެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް