ރާއްޖޭގައި އުފައްދާ "ދޮންގޮއްޔެ" ބްރޭންޑުގެ ކާބޯތަކެތިން ބައްޔެއް ބައްޔެއް ފެތުރޭފަދަ ނުރައްކާތެރި ހާލަތެއް މެދުވެރިވު
މުގެ ފުރުސަތު އެބައޮތް ކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ބުނެފި އެވެ.
އެ އޮތޯރިޓީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ބްރޭންޑުގެ ކާބޯތަކެތި އުފައްދާތަން އެ އެމްއެފްޑީއޭގެ ޓީމަކުން ގޮސް އިންސްޕެކްޓު ކޮށްފައިވާ ކަމަށެވެ. އެ އިންސްޕެންޝަނަކީ އެތަނަށް ލިބުނު ޝަކުވާތަކަކާއި ގުޅިގެން ހިންގި އިންސްޕެކްޝަނެއް ކަމަށް ބުނެ އެވެ.
އެމްއެފްޑީއޭއިން ބުނީ އިންސްޕެކްޝަންގައި އެ ތަނުގެ އާންމު ސާފުތާހިރުކަން ވަރަށް ދަށްކަން ފާހަގަ ކުރެވުނު ކަމަށެވެ.
އެހެންކަމުން އެތަނުގެ ކާބޯތަކެތި ތައްޔާރު ކުރާތަން އިސްލާހު ނުކޮށް އެތަނުން އުފައްދާ އަދި ބަންދު ކުރާ ތަކެތި ބޭނުން ކުރުމަކީ އޭގެ ސަބަބުން އާންމު ސިއްހަތަށް ނޭދެވޭ އަސަރު ކުރާނެ ކަމެއް ކަމަށް ބުނެފައިވެ އެވެ.
އެމްއެފްޑީއޭއިން ވަނީ މިހާތަނަށް ބާޒާރުގައި ހުރި "ދޮންގޮއްޔެ" ބްރޭންޑުގެ އުފެއްދުންތައް ބޭނުން ކުރުމާއި ވިއްކުން މަނާކޮށްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް