ސަލްމާން ހާންގެ ކޮއްކޮ އަލްވިރާ ހާން އަގްނިހޯތްރީގެ ދަރިފުޅު އެލީޒާހް އަގްނިހޯތްރީ ބޮލީވުޑަށް ނުކުންނަން ތައްޔާރުވެއްޖެ އެވެ.
ރިޕޯޓުތައް ބުނާގޮތުގައި އެލީޒާހް ބޮލީވުޑަށް ތައާރަފު ކުރަނީ ސަލްމާން ހާން އިސްވެ އޭނާ ޕްރޮޑިއުސް ކުރާ ފިލްމަކުންނެވެ. އަންނަ ހަފްތާގައި އެލީޒާހް މީޑިއާއަށް ދައްކާލައި ބޮލީވުޑަށް ތައާރަފު ކުރުމަށް ހާއްސަ ރަސްމިއްޔާތެއް ބޭއްވުމަށް ވަނީ ހަމަ ޖެހިފަ އެވެ.
ސަލްމާންގެ ބެލުމުގެ ދަށުން އެލީޒާހް ފިލްމީ ދާއިރާއިން ކިޔަވައި ތަމްރީން ހޯދާތާ މިހާރު ދެ އަހަރުވެއްޖެ އެވެ. އޭނާ އާންމުންނަށް ދައްކާލަން ނިންމާފައި މިވަނީ ސަލްމާން ބޭނުންވާ ފެންވަރަށް އެލީޒާހް ތައްޔާރުވުމުން ކަމަށްވެ އެވެ.
އެލީޒާހް ބޮލީވުޑަށް ނުކުންނަ ފިލްމުގެ ޕްރޮޑިއުސަރުންނަކީ ސަލްމާންގެ އިތުރުން އޭނާގެ ބައްޕަ އަތުލް އަގްނިހޯތްރީ އާއި މަންމަ އަލްވިރާ ހާން އަގްނިހޯތްރީގެ އިތުރުން ނިކިލް ނަމިތެވެ. ފިލްމާއި ގުޅޭ އިތުރު ތަފްސީލް އަދި ހާމައެއް ނުކުރެ އެވެ.
މީގެ ކުރިން އަޑު ފެތުރިފަ އޮތީ އެލީޒާހް ބޮލީވުޑަށް ތައާރަފު ވާނީ ސޫރަޖް ބަރްޖަތްޔާގެ ފިލްމަކުން 2023 ވަނަ އަހަރު އެވެ. އަންނަ އަހަރު ޝޫޓީން ފަށަން ހަމަޖެހިފައޮތް އެ ފިލްމުގެ މަސައްކަތް ޕްލޭނާއި އެއްގޮތަށް ނުދިޔަ ސަބަބެއް ނޭނގެ އެވެ.
ސަލްމާން ވަނީ އޭނާގެ ކޮއްކޮ އަރްޕިތާ ހާންގެ ފިރިމީހާ އަޔުޝް ޝަރުމާވެސް ބޮލީވުޑަށް ތައާރަފު ކޮށްފަ އެވެ. އެންމެ ފަހުން ރިލީޒް ކުރި އަޔުޝްގެ ފިލްމު "އަންތިމް" ދަނީ ބޮޑު ކާމިޔާބެއް ހޯދަމުންނެވެ.
އެލީޒާހްގެ މަންމަ އަލްވިރާ ހާން އަކީ ސަލްމާނާއި އެއްބަނޑު އެއްބަފާ މީހެކެވެ. އަރްޕިތާއަކީ ސަލްމާންގެ ދޮންމަންމަ ހެލެން ވަރަށް ކުޑައިރު އެޑޮޕްޓޮކޮށްގެން ބަލާ ބޮޑުކުރި ކުއްޖެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް