ތިން ވަނަ ދައުރުގައި 20 ބިލެއްގެ މަސައްކަތް ނިންމައި މަޖިލީސް ޗުއްޓީއަށް

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ3 ވަނަ ދައުރުގެ ޖަލްސާތައް ނިންމައި މެމްބަރުން ޗުއްޓީއަށް ވަޑައިގެންފި އެވެ. އިއްޔެ ބޭއްވި މިދައުރުގެ ފަހު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މަޖިލީހުގެ ރައީސް މުހައް...

29 Nov 2021 | 20:05

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ3 ވަނަ ދައުރުގެ ޖަލްސާތައް ނިންމައި މެމްބަރުން ޗުއްޓީއަށް ވަޑައިގެންފި އެވެ.

އިއްޔެ ބޭއްވި މިދައުރުގެ ފަހު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މި ދައުރުގައި މެމްބަރުންނަށް ކާމިޔާބު މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ. މި ދައުރަށް ހުށަހެޅި ނުވަ ބިލާއި ކުރީގެ ދައުރުގެ 32 ބިލާ އެކު، 41 ބިލުގެ ތެރެއިން 20 ބިލެއްގެ މަސައްކަތް އެއްކޮށް ނިންމާލާފައި ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

މި ބިލުތަކުގެ އިތުރުން، ކުރީގެ ދައުރުގައި ނުނިމި ހުރި ގަރާރުތަކާ އެކު 12 ގަރާރެއްގެ ތެރެއިން ހަތަރު ގަރާރު މި ދައުރުގައި ނިންމި އެވެ. ނަޝީދު ވިދާޅުވީ މި ދައުރުގައި މަޖިލީހުން ކުރި ޖުމުލަ މަސައްކަތްތަކަށް ބަލާއިރު، 65.5 ޕަސެންޓް މަސައްކަތް ވަނީ ނިންމިފަ އެވެ.

މި ނިމުނު ދައުރުގެ މަސައްކަތްތައް ރަނގަޅު ވިޔަސް، ނުނިމި ހުރި މަސައްކަތްތައް އަވަސްކުރުމަށް ނަޝީދު މެމްބަރުންގެ ކިބައިން އެދިވަޑައިގެންނެވި އެވެ.

ޗުއްޓީ އަށް ފަހު މަޖިލިސް ދެން ފަށާނީ އަންނަ އަހަރު ފެބްރުއަރީ މަހުގެ ފުރަތަމަ ހަފްތާގައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް