7 ޤައުމަކުން ކަނޑު އުޅަނދުފަހަރު ރާއްޖެ އައުން މަނާ ކޮށްފި

ކޮވިޑް-19 ގެ އައު ވޭރިއަންޓު އޮމިކްރޯން ދެކުނު އެފްރިކާއިން ފެނުމާއި ގުޅިގެން ރާއްޖެއަށް މީހުން އެތެރެވުން މަނާ ކޮށްފައިވާ ދެކުނު އެފްރިކާ ސަރަހައްދުގެ ހަތް ޤައުމަކުން އަންނަ ކަނޑުއުޅަނދުތައް ކަމުގައި...

29 Nov 2021 | 19:24

ކޮވިޑް-19 ގެ އައު ވޭރިއަންޓު އޮމިކްރޯން ދެކުނު އެފްރިކާއިން ފެނުމާއި ގުޅިގެން ރާއްޖެއަށް މީހުން އެތެރެވުން މަނާ ކޮށްފައިވާ ދެކުނު އެފްރިކާ ސަރަހައްދުގެ ހަތް ޤައުމަކުން އަންނަ ކަނޑުއުޅަނދުތައް ކަމުގައިވާ ކާގޯ ބޯޓުތަކަށް ރާއްޖޭގެ ޕޯޓުތައް ބަންދު ކުރަން ޓްރާންސްޕޯޓް އޮތޯރިޓީން ނިންމައިފިއެވެ.

އެ ޤައުމުތަކުގެ ތެރޭގައި ހިމެނެނީ މި ވޭރިއެންޓް ފުރަތަމަ ފެނުނު ދެކުނު އެފްރިކާ އާއި، ނެމީބިއާ، މޮޒަންބީކް، ލެސޯތޯ، ބޮޓްސްވާނާ، ޒިންބާބްވޭ އަދި އެސްވަޓިނީއެވެ.

ޓްރާންސްޕޯޓު އޮތޯރިޓީން ނެރުނު ސާކިއުލާއެއްގައި ވިދާޅުވީ، އެ ހަތް ޤައުމުން އަންނަ އުޅަނދުފަހަރު ތައް ނުވަތަ، އެ ހަތް ޤައުމުގައި ޓްރާންސިޓްވެފައި އަންނަ އުޅަނދުތަކަށް ރާއްޖޭގެ އެއްވެސް ބަނދަރަކަށް ވަނުމުގެ ހުއްދަ ނުދެވޭނެކަމުގައެވެ.

މީގެ އިތުރުން މި ނިންމުމާއި ގުޅިގެން މީގެ 14 ދުވަސް ކުރިން އެ ބަނދަރުތަކުން ފުރާފައިވާ އުޅަނދުފަހަރާއި އަދި ފަޅުވެރިންނަށް ރާއްޖެ ނާދެވޭެއެވެ. މިހެންކަމުން އޭގެ ކުރިން އެ ޤައުމުތަކުން ފުރާފައިވާ އުޅަނދުތަކުގެ ހުރިހާ އޮޕަރޭޝަނެއް ކުރިއަށް ގެންދަން ޖެހޭނީ "ކޮންޓެކްޓްލެސް" ކޮށެވެ.

މިގޮތުން އެެ އުޅަނދަށް އެރޭނީ ހަމައެކަނި ކެޕްޓަނާއި، ހުއްދަ ދެވިފައިވާ ސަރުކާރުގެ އޮފިޝަލުންނާއި، އަދި އެޗްޕީއޭގެ ޚާއްސަ ހުއްދަ ލިބިފައިވާ ފަރާތްތަށް އެކަނި ކަމުގައިވެސް ޓްރާންސްޕޯޓް މިނިސްޓްރީން ވިދާޅުވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް