ގްރީން ޓެކްސްގެ ގޮތުގައި މިދިޔަމަހު 53 މިލިއަން ރުފިޔާ

އޮކްޓޯބަރު މަހު ގްރީން ޓެކްސްގެ ގޮތުގައި ދައުލަތަށް 53 މިލިއަން ރުފިޔާ ލިބިއްޖެއެވެ. ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ މިދިޔަ މަހުގެ ގްރީން ފަންޑް ރިޕޯޓުން ދައްކާގޮތުން ގްރީން ޓެކްސްގެ ގޮތުގައި ދ...

30 Nov 2019 | 11:13

އޮކްޓޯބަރު މަހު ގްރީން ޓެކްސްގެ ގޮތުގައި ދައުލަތަށް 53 މިލިއަން ރުފިޔާ ލިބިއްޖެއެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ މިދިޔަ މަހުގެ ގްރީން ފަންޑް ރިޕޯޓުން ދައްކާގޮތުން ގްރީން ޓެކްސްގެ ގޮތުގައި ދައުލަތަށް ވަނީ 53,028,904 މިލިއަން ރުފިޔާ ލިބިފައެވެ.

އެންމެ ގިނައިން ގްރީން ޓެކްސް ލިބިފައިވަނީ މާލެ އަތޮޅުންނެވެ. މާލެ އަތޮޅުން 19.1 މިލިއަން ރުފިޔާ ގްރީން ޓެކްސްގެ ގޮތުގައި ވަނީ ލިބިފައެވެ.

ދެވަނައަށް އެންމެ ގިނައިން ގްރީން ޓެކްސް ދައްކާފައިވަނީ އދ. އަތޮޅުންނާއި އއ. އަތޮޅު އަދި ދ. އަތޮޅުންނެވެ.

ގްރީން ފަންޑުން ފައިސާ ޚަރަދު ކުރަނީ ތިމާވެއްޓާ ގުޅުންހުރި ކަންތައްތަކަށާއި ދެމެހެއްޓެނިވި ތަރައްޤީގެ މަޝްރޫއުތަށް ހިންގުމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް