ވަޤްފުގެ ގޮތުގައި ހަދިޔާކުރާ ތަކެތި ބެލެހެއްޓުމަށް ޤާނޫނެއް އެކުލަވާލަނީ

ވަޤްފުގެ ގޮތުގައި ހަދިޔާކުރާ ބިމާއި އެނޫންވެސް ތަކެތި ބޭނުންކުރާނެ އުސޫލުތައް ކަނޑައެޅުމަށް ޤާނޫނެއް އެކުލަވާލެވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް އިސްލާމިކް މިނިސްޓަރ ޑރ. އަހްމަދު ޒާހިރު ވި...

30 Nov 2019 | 11:07

ވަޤްފުގެ ގޮތުގައި ހަދިޔާކުރާ ބިމާއި އެނޫންވެސް ތަކެތި ބޭނުންކުރާނެ އުސޫލުތައް ކަނޑައެޅުމަށް ޤާނޫނެއް އެކުލަވާލެވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް އިސްލާމިކް މިނިސްޓަރ ޑރ. އަހްމަދު ޒާހިރު ވިދާޅުވެއްޖެއެއެވެ.

މިނިސްޓަރ ވިދާޅުވީ މިހާރު ބޭނުންކުރަމުން އަންނަ ވަޤުފު އިމާރާތުން ލިބޭ ފައިސާ ވެސް ހޭދަކުރަމުން އަންނަނީ ދީނީ ކަންތައްތަކަށާއި އެހީ ބޭނުންވާ ފަރާތްތަކަށް އެހީ ދިނުމަށްކަމަށެވެ.

ވަޤްފުގެ ގޮތުގައި ނުވަތަ ދަރުމައަށް އެދި ހޭދަކުރަން ބޭނުންވާ ފަރާތްތައް ތިބިކަން ފާހަގަކުރައްވަމުން އިސްލާމިކް މިނިސްޓަރ ވިދާޅުވީ ވަޤްފުގެ ޤާނޫނެއް ހެދިއްޖެނަމަ މިކަމުގައި އުސޫލްތަކެއް ކަނޑައެޅޫ ފަސޭހަތަކެއް ލިބިގެންދާނެކަމަށެވެ.

އިސްލާމިކް މިނިސްޓްރީން މިހާރުވެސް ވަނީ ވަޤުފުގެ ތިން އިމާރާތެއް އެޅުމަށް ނިންމާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް