ސީލައިފް ގްލޯބަލް އިން ހުޅުމާލޭގައި ހަދަން ނިންމި ފްލެޓްތައް ގަތުމަށް ފައިސާ ދެއްކި މީހުންނަށް ހައުސިން ޑިވަލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ބަދަލު ދޭން ފަށައިފިއެވެ.
ސީލައިފްގެ މައްސަލާގައި ކޯޓުގައި ދައުވާ ނުކުރާ ފަރާތްތަކަށްވެސް ބަދަލު ހޯދުމަށް އެދުމުގެ ފުރުސަތު ދެ ފަހަރެއްގެ މަތިން އެޗްޑީސީން ވަނީ ހުޅުވާލާފައެވެ. މިގޮތުން މިދިޔަ ސެޕްޓެމްބަރު މަހު އެޗްޑީސީން ހުޅުވާލި ފުރުސަތުގައި ބަދަލު ހޯދުމަށް އެދި 189 މީހުންވަނީ ހުށައަޅާފައެވެ. ފަހު ފުރުސަތުގައި ބަދަލެއް އެދި 23 މީހުން ވަނީ ހުށައަޅާފައެވެ.
ހުޅުމާލޭގައި ހައުސިން ޔުނިޓްތައް އެޅުމަށް ސީލައިފަށް ހަވާލުކުރުމުން އެ ކުންފުނިން ވަނީ ފްލެޓްތައް ވިއްކުމަށްކަމަށް ބުނެ ގިނަ ބައެއްގެ އަތުން ފައިސާ ނަގާފައެވެ. އެހެންނަމަވެސް ފްލެޓްތަކުގެ މަސައްކަތް ނުފަށާ އެ މަސައްކަތް ކުރިޔަށް ނުދާތީ ފައިސާ ދެއްކި ބައެއް މީހުންވަނީ ސީލައިފާއި ދެކޮޅަށް ސިވިލް ކޯޓުގައި ދައުވާކޮށްފައެވެ.
މަކަރާ ޙީލަތުގެ މައްސަލާގައި ފުލުހުން އަންނަނީ ސީލައިފުގެ ވެރިޔާ އަހުމަދު މޫސާ މުހައްމަދު ހޯދުމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް