މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ ފަސް އަހަރަށް ޖަލަށް ލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން މާފުށީ ޖަލަށް ބަދަލުކޮށްފިއެވެ.
ކޮމިޝަނާ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒް ކުރެއްވި ޓްވީޓެއް ކުރައްވާ ވިދާޅުވެފައި ވަނީ ހުށަހެޅިފައިވާ މައްސަލައަކާއި ގުޅިގެން ކުރީގެ ރައީސް ޔާމިން އަބްދުލް ގައްޔޫމް އާއި ބައްދަލު ކުރަން އެޗްއާރްސީއެމްގެ ތިން ބޭފުޅަކަށް މާލެ ޖަލަށް ދާން ހުއްދަ ދީފައިވާ ކަމަށެވެ.
ޔާމީން މާލެ ޖަލުގައި ބަހައްޓާފައި ހުރީ ޖަލު ހުކުމް ތަންފީޒުކުރަން ފަށާއިރު ހަދަންޖެހޭ މެޑިކަލް ޓެސްޓްތައް ހެދުމަށެވެ. އެކަމަކު އެ ޖަލުގެ ހާލަތު ދަށް ކަމަށް ބުނެ ޔާމީންގެ ވަކީލުން ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ.
އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި ޔާމީން ހުންނެވީ ހަތަރު ފޫޓު/ ހަ ފޫޓު ގޮޅިއެއްގައެވެ. ފާހަނާ ތަށި ފްލަޝް ނުކުރެވޭ އިރު، ޔާމީން އޮށޯވެގެން އޮންނަވަނީ ހަމަ އިސްކޮޅު ނުލިބޭ ތަނެއްގައި ކަމަށް އެމީހުން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް