ދަތުރުވެރިންގެ މާރުކޭޓުގެ ގޮޅިތަކަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި

މާލޭގެ ދަތުރުވެރިންގެ މާރުކޭޓުގެ ގޮޅިތަކަށް އެދި ހުށަހެޅުމުގެ ފުރުސަތު މާލޭ ސިޓީ ކައުންސިލުން ހުޅުވާލައިފިއެވެ. މި ފުރުސަތު އެ ކައުންސިލުން ހުޅުވާލާފައިވަނީ ބުރާސްފަތި ދުވަހު ނެރުނު އިއުލާނެއްގައެވެ. ...

30 Nov 2019 | 06:58

މާލޭގެ ދަތުރުވެރިންގެ މާރުކޭޓުގެ ގޮޅިތަކަށް އެދި ހުށަހެޅުމުގެ ފުރުސަތު މާލޭ ސިޓީ ކައުންސިލުން ހުޅުވާލައިފިއެވެ.

މި ފުރުސަތު އެ ކައުންސިލުން ހުޅުވާލާފައިވަނީ ބުރާސްފަތި ދުވަހު ނެރުނު އިއުލާނެއްގައެވެ.

އިއުލާނުގައި ބުނެފައިވަނީ މާލޭގެ ދަތުރުވެރިންގެ މާރުކޭޓުގެ ގޮޅިތަކަށް އެދި ހުށަހެޅުމުގެ ފުރުޞަތު 01 ޑިސެމްބަރ 2019 އިން 19 ޑިސެމްބަރ 2019 ގެ ނިޔަލަށް ހުޅުވާލާކަމަށެވެ.

"މި ގޮޅިތަކަށް އެދޭނީ އެކަމަށް ޚާއްޞަކޮށް މި ކައުންސިލުން ދޫކުރާ ފޯމުންނެވެ. މި ފޯމް ރަސްމީ ދުވަސް ދުވަހު ހެނދުނު 8:00 އިން ފެށިގެން 14:00 އާ ދެމެދު މި ކައުންސިލުން ލިބެންހުންނާނެއެވެ. އަދި މި ކައުންސިލުގެ ވެބްސައިޓު www.malecity.gov.mv  އިން ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ." އެ އިއުލާނުގައި ބުނެފައިވެއެވެ.

ފޯމް ބަލައިގަންނާނީ ކަނޑައެޅިފައިވާ މުއްދަތުގައި ހެނދުނު 9:00 އިން މެންދުރު 13:00 އަށް ކަމަށާއި ފޯމާއެކު ދަތުރުވެރިންގެ މާރުކޭޓުން ގޮޅި ދޫކުރުމާ ބެހޭ މަޢުލޫމާތު ޝީޓު ލިބިވަޑައިގަންނަވާނޭ ކަމުގައިވެސް އެ އިއުލާނުގައި ބުނެފައިވެއެވެ.

މަރާމާތަށް ދަތުރުވެރިންގެ މާރުކޭޓު މިވަގުތު ހުރީ ބަންދުކޮށްފައެވެ. ބަންދު ކުރީ 45 ދުވަހުގެ ތެރޭގައި ނިންމާނެ ކަމަށް ބުނެ މި އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައެވެ. ނަމަވެސް އެ މާރުކޭޓު ނިންމުން ވަނީ ދިގުލައިގެންގޮސްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް