ކޮބާ ތައްޔާރުތަ؟ ރާއްޖޭގެ އެންމެ ކުލަގަދަ ދުވުން ފެށެން މަދު ވަގުތުކޮޅެއް !

ރާއްޖޭގައި ބާއްވާ އެންމެ ކުލަގަދަ، އެންމެ ފޯރިގަދަ ދުވުން "އުރީދޫ ކަލަރ ރަން" ފެށެން މިވަނީ މިހާރު މަދު ވަގުތުކޮޅަކަށް ވެފައެވެ. މި ފޯރިގަދަ ދުވުން މިއަދު މެންދުރުފަހު 3:30 ގައި ފެށޭނެއެވެ. މިއީ ކުލަ ...

30 Nov 2019 | 06:43

ރާއްޖޭގައި ބާއްވާ އެންމެ ކުލަގަދަ، އެންމެ ފޯރިގަދަ ދުވުން "އުރީދޫ ކަލަރ ރަން" ފެށެން މިވަނީ މިހާރު މަދު ވަގުތުކޮޅަކަށް ވެފައެވެ. މި ފޯރިގަދަ ދުވުން މިއަދު މެންދުރުފަހު 3:30 ގައި ފެށޭނެއެވެ.

މިއީ ކުލަ ކުޅުމއި މަޖާކުރުމުގެ ތެރެއިން ކުރިއަށްދާ ފަސް ހާސް މީޓަރުގެ ދުވުމެކެވެ. މިއީ ރާއްޖޭގައި އެންމެ ގިނަ ބަޔަކު އެއްފަހަރާ ބައިވެރިވާ ދުވުންކަންވެސް ފާހަގަކޮށްލަން ޖެހެއެވެ.

2017 ވަނަ އަހަރުން ފެށިގެން އުރީދޫ ކަލަރ ރަން ބާއްވަމުން އަންނައިރު މިއަދު މި ބާއްވަނީ ކަލަރ ރަންގެ ހަތަރުވަނަ ކަލަރ ރަން އެވެ. މި އަހަރުގެތެރޭގައި އައްޑޫގައިވެސް ކަލަރ ރަން އުރީދޫއިން ބާއްވާފައިވެއެވެ.

މި ދުވުމުގައި ރަޖިސްޓްރޭޝަނަށް ހުޅުވާލީ 5000 ޖާގައަށެވެ. ނަމަވެސް އެ ފުރުސަތުގައި ބައިވެރިނުވެވޭ ފަރާތްތަކަށްވެސް ދުވުމުގައި ބައިވެރިވުމުގެ ފުރުސަތު އެބައޮތްކަމަށް އުރީދޫއިން ބުނެއެވެ. އެގޮތުން ހުދު ކުލައިގެ ޓީޝާޓެއް ލައިގެން އައުމުން ބައިވެރިވެވޭނެ ކަމަށް އުރީދޫއިން ބުނެއެވެ. ނަމަވެސް އެ ފަރާތްތަކަށް އިނާމެއް ނުލިބޭނެއެވެ.

މި ފަހަރުގެ ދުވުމުގައި ދުވުންތެރިންގެ ތެރެއިން ފަސް އެވޯޑެއް ހޮވާނެއެވެ. އެއީ "ބެސްޓް ކޮސްޓިއުމް އެޑަލްޓް، ބެސްޓް ސެލްފީ، މޯސްޓް ކަލަރފުލް ރަނަރ، ބެސްޓް ކޮސްޓިއުމް ކިޑްސް އަދި މޯސްޓް ކަލަރފުލް ލިޓްލް ރަނަރ" އެވެ.

އުރީދޫ ކަލަރ ރަން ފެސްޓިވަލް މި ހަފްތާ ބަންދުގައި ފެށިގެން ކުރިއަށްދަނީ ގިނަ ހަރަކާތްތަކަކާއިއެކުގައެވެ. އެގޮތުން އިއްޔެ ހެނދުނު އުރީދޫ މޫދު އުފާ އަދި އިއްޔެ ހަވީރު އުރީދޫ ގުޑިމަހާސަމާ ބާއްވާފައިވެއެވެ. މި ފެސްޓިވަލް މިރޭ ނިންމާލަނީ ފޯރިގަދަވާނެ މިއުޒިކް ޝޯއަކުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް