އެމްއެސްއެސް އިން ގަތް އާ ބޯޓު މާލެ ގެނެސްފި

މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް) އިން އަލަށް ގަތް ބޯޓު މިއަދު މާލެ ގެނެސްފިއެވެ. އެމްއެސްއެސް އަކީ ސްޓޭޓް ޓްރޭޑިންގް އޯގަނައިޒޭޝަން (އެސްޓީއޯ) އިން 2020 ވަނަ އަހަރު އުފެއްދި ޝިޕިން ކުންފުންޏެކެ...

30 Oct 2021 | 18:52

މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް) އިން އަލަށް ގަތް ބޯޓު މިއަދު މާލެ ގެނެސްފިއެވެ.

އެމްއެސްއެސް އަކީ ސްޓޭޓް ޓްރޭޑިންގް އޯގަނައިޒޭޝަން (އެސްޓީއޯ) އިން 2020 ވަނަ އަހަރު އުފެއްދި ޝިޕިން ކުންފުންޏެކެވެ. މި ކުންފުނިން މިހާތަނަށް ގެންގުޅެމުން އައީ ޗާޓަރު ކޮށް ގެން 2020 ވަނަ އަހަރުގެ އޭޕްރީލް މަހު ގެނައި ބޯޓެކެވެ.

އެމްއެސްއެސްގެ އަމިއްލަ ބޯޓެއް ގަންނަން އުޅޭކަން އިއުލާނު ކުރީ މިއަހަރުގެ ޖޫން 25 ގައި އެވެ.

އެމްއެސްއެސް އިން މަޢުލޫމާތު ދެއްވާ ގޮތުގައި އަލަށް ގެނައި ބޯޓު ފުރަތަމަ ލަންކާ އަށް ގެންގޮސް، 680 ކޮންޓެއިނަރުގެ ބްރޯޑް ބްރޭންޑިން މަސައްކަތްތައް ނިންމާނީ ކަމަށެވެ. އެ ބޯޓު ބޭނުންކުރާނީ ރާއްޖެ އާއި ލަންކާ އާއި ދެމެދު ދަތުރު ކުރުމަށެވެ.

އެމްއެސްއެސްއިން ބުނީ ކުންފުނީގެ އަމިއްލަ ބޯޓެއް އޮތުމުން މުދަލުގެ އަގު ހެޔޮކޮށް ފަސޭހަކަމާއި އެކު މުދާ އެތެރެކުރެވޭނެ މަގު ފަހިވާނެ ކަމަށެވެ.

އެބޯޓުގެ ވަޒީފާތަކަށް ދިވެހިން ހޯދުމަށް އެސްޓީއޯއިން ވަނީ އިއުލާނުކޮށްފައެވެ. މި ބޯޓުގެ ކްރޫއިންގެ 99 ޕަސެންޓް ނަގާނީ ދިވެހިން ކަމުގައި ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް