ކޮޕް ސަމިޓަށް ވަޑައިގަތުމުގެ ކުރިން ޝާހިދު ގަހެއް އިންދަވައިފި

ކޮޕް-26 ގެ ސަމިޓަށް އިނގެރޭސިވިލާތުގެ ގްލާސްގޯއަށް ފުރާ ވަޑައިގަތުމުގެ ކުރިން އދ. ގެ އާއްމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ގަހެއް އިންދަވައިފި އެވެ. ޝާހިދު ގަސް އިންދާފައިވަނީ އެމެރިކާގެ ނިއުޔޯކްގައ...

30 Oct 2021 | 17:31

ކޮޕް-26 ގެ ސަމިޓަށް އިނގެރޭސިވިލާތުގެ ގްލާސްގޯއަށް ފުރާ ވަޑައިގަތުމުގެ ކުރިން އދ. ގެ އާއްމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ގަހެއް އިންދަވައިފި އެވެ. ޝާހިދު ގަސް އިންދާފައިވަނީ އެމެރިކާގެ ނިއުޔޯކްގައި ހުންނަ އދ. ގެ މައި މަރުކަޒުގެ ގޯތި ތެރޭގައެވެ.

ފޮރިން މިިނިސްޓްރީން ހާމަ ކޮށްފައިވާ ގޮތުގައި މި ގަސް އިންދާފައިވަނީ ޔޫއެން ޑޭ ފާހަގަ ކުރުމުގެ ގޮތުން އދ. ގެ މައި މަރުކަޒުގައި ހުންނަ ނިއުޔޯކްގެ ކަނިންހަމް ޕާކްގައި ބޭއްވި ގަސް އިންދުމުގެ ހަރަކާތެއްގެ ތެރެއިންނެވެ.

މި ގަސް އިންދެވުމަށް ފަހު ޝާހިދު ފާހަގަ ކުރެއްވި ގޮތުގައި ޒިއުރިކް ޔުނިވާސިޓީން ހެދި ދިރާސާއެއްގައި ބައި ޓްރިލިއަން ގަސް އިންދައިގެން 205 ގިގަޓަނުގެ ކާބަން ކެޕްޗާ ކުރވޭނެ ގޮތް ވަނީ ހޯދާފައެވެ. މިއީ އިންސާނުންގެ ސަބަބުން 1960 ވަނަ އަހަރުންފެށިގެން ޖައްވަށް ދޫވެފައިވާ ކާބަންގެ ދެބައިކުޅަ އެއްބައި ކަމުގައި ވިދާޅުވެފައެވެ.

ދުނިޔޭގެ އެކި ޤައުމުތަކުން 100 އަށް ވުރެ ގިނަ ލީޑަރުން ގްލަސްލޯގައި ބާއްވާ ކޮޕް 26 ސަމިޓްގައި ބައިވެރިވެ ވަޑައިގަންނަވާނެއެވެ.

މި ސަމިޓްގައި ރާއްޖޭގެ ފޮރިން މިނިސްޓަރު އަދި އދ. އާއްމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދުގެ އިތުރުން ދިވެހި ދައުލަތުން ބައިވެރިވާނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް އާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، އަދި އެންވަޔަރަންމެންޓް މިނިސްޓަރު މަރިޔަމް ޝައުނާ ހިމެނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް